ލޮކްޑައުން އަށްފަހު މިސްޓަރު ބަޖާޖް ބަދަލުވަނީ؟

kasautii_zindagii_kay_gaurav_chopraa_to_replace_karan_singh_grover_as_mr_bajaj_heres_what_he_has_to_say.jpg

ދިވެހިންގެ މެދުގައިވެސް މަޝްހޫރު، ”ކަސޯޓީ ޒިންދަގީ ކޭ“ގެ ދެވަނަ ބައިގައި މިސްޓަރު ބަޖާޖްގެ ރޯލް އަދާކުރަމުން އަންނަ ކަރަން ސިންގ ގްރޯވަރގެ ބަދަލުގައި އެހެން ތަރިއަކު ހަމަޖައްސަން އުޅޭކަމަށް މީޑިއާތަކުން ބުނަން ފަށައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިންޑިޔާ ފުރަބަންދަކަށް ދިއުމުން މި ޝޯގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ނަމަވެސް ފުރަބަންދަށް ދިން ލުޔާއިއެކު މިމަހު 26 ގައި ޝޫޓިންގ ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކަސޯޓީ 2ގައި މިސްޓަރު ބަޖާޖްގެ ރޯލް އަދާކުރި ކަރަން ސިންގ ގްރޯވަރ ވަނީ އަލުން ޝޫޓިންއަށް ދާން ބޭނުން ނޫންކަމަށް ބުނެފަ އެވެ. އެނިންމުން ބަދަލު ކުރޭތޯ ޕްރޮޑަކްޝަން ޓީމުން ވާހަކަ ދެއްކުމުންވެސް ކާމިޔާބު ވެފައި ނުވާތީ މިހާރު އެ ރޯލު ވަނީ ”ސަންޖީވަނީ 2“ ގެ ތަރި ގޯރަވް ޗޯޕްރާ އަށް ހުޅަހަޅާފައެވެ. އެކަމަށް އަދި އޭނާ އާއެކޭ ނުބުންޏަސް އެކަމަށް ޝައުގުވެރިކަން ހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.

ގޯރަވް އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ޕްލަސް އިން ދައްކާ، ސަންޖިވާނީ އިންނެވެ. ސްޓާ ބާރަތުން ދައްކާ ސާވްދާން އިންޑިއާ ވެސް ހުށަހަޅައިދެނީ އޭނާ އެވެ.

ކަސޯޓީ ޒިންދަކީ ކޭ ފުރަަތަމަ ދައްކަން ފެށީ 2001ވަނަ އަހަރުއެވެ. މި ޑްރާމާއިގެ ފުރަތަމަ ބައިން ޕްރޭނާގެ ރޯލުން ފެނިފައި ވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީ އެވެ. އަނޫރާގްގެ ރޯލުން ފެނިފައި ވަނީ ސިޒޭން ހާނެވެ. ބަޖާޖުގެ ރޯލުން ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިގާ ޕްރޭނާގެ ރޯލް އަދާކުރަމުން ގެންދަނީ އެރިކާ ފެނާންޑަޒްއެވެ. އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާތު ސަމްތާން އެވެ.

”ކަސޯޓީ ޒިންދަގީ ކޭ“އުފައްދާފައިވަނިީ ބާލާޖީ ޓެލެފިލްމްސްގެ ދަށުން އެކްތާ ކަޕޫރެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top