ނޭނގި ތިބެގެން ހެދޭ ބައެއް ގޯސް.

160dd4596f9d199ef12f6c054e-1-1.jpg

އަހަރެމެންނަށް ނޭނގި ތިބެ ނުރަނގަޅު އާދަތަކެއް ރަނގަޅު ކަންތަކުގެ ގޮތުގައި ބަލައިގެން އުޅެވެއެވެ. މިގޮތުން ގެންގުޅެވިފައިވާ ބައެއް އާދަތައް ގިނަ ދުވަސްތަކެއް ވަންދެން ރަނގަޅު ކަމެއްގެ ގޮތުގައި ބޭނުން ކުރެވިފައިވާތީ ދޫކޮށްލުން ފަސޭހައެއް ނުވާނެ އެވެ.

މިސާލަކަށް، ގެއިން ބޭރަށް ނުކުންނައިރު އަވިން ރައްކާތެރި ވުމަށް ގިނައިން ސަން ސްކްރީން ލޯޝަން ބޭނުން ނުކުރާށޭ ބުނެފިނަމަ އެއީ ގަބޫލު ކުރުން ދަތި ވާހަކަ އަކަށް ވެދާނެއެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކަނިީ އެކަން ގޯސް ކަމަށެވެ.

މިފަދަ އެތައް ކަމެކެވެ. މި ލިއުމުގައި އަލި އަޅުވާލާފައި އެވަނީ އެފަދަ ނުރަނގަޅު، ގޯސް އާދަ ތަކަށެވެ.

މާ ގިނައިން ސަން ސްކްރީން ލޯޝަން ބޭނުންކުރުން

ގަދަ އަވީގެ ތެރެއަށް ނުކުންނައިރު ސަން ސްކްރީން ލޯޝަނެއް ނޫނީ އެފަދަ ކްރީމެއް ބޭނުން ކުރަން ޖެހެއެވެ. ހަންގަނޑުގައި ރޫޖެހުމާއި ހަންގަނޑު އެނދުން އަދި ހަމުގެ ކެންސަރުން ދިފާއު ވުމުގެ ގޮތުން މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އެކަމަކު ލޯޝަން ނުވަތަ ކްރީމް ކަމަށް ވިޔަސް ކުޑަ އެތިކޮޅަކުން ފުދޭނެއެވެ. އެހާގިނައިން ބޭނުން ކުރުމަކީ ގޯހެކެވެ. އޭގެ ސަބަބުން ވިޓަމިން ޑީގެ މައްޗަށް ޕެންކްރިއޭޓިކް ކެންސަރު ގަދަވެގަތުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުބީ ހުންނަ ކާނާ ކެއުން މުޅިން ހުއްޓާލުން

ތެލުގެ ބާވަތްތައް މާގިނައިން ބޭނުން ކުރުމަކީ ފަަލަވުމާ ކުރިމަތި ލާން ޖެހި މީހާގެ ސިފަ ހުތުރުވެ ސިއްހަތަށް ވެސް ނުރައްކާ ވާ ކަމެކެވެ. އެހެނޭ ކިޔާފައި ތެޔޮއެއްޗެތި ކެއުން މުޅިން ހުއްޓާލުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.

މީހާގެ ހަރަކާތްތެރިކަން ހުންނަ ނިސްބަތަކަށް ބަލައި ކޮންމެ ދުވަހަކުވެސް ސިއްހަތަށް ރަނގަޅު ތެޔޮ 44-78 ގްރާމް އާއި ދެމެދުގެ މިންވަރަކަށް ބޭނުން ކުރުމަކީ ބޮޑެތި މީހުންނަށް މުހިއްމު ކަމެކެވެ.

މާގިނައިން ތަރުކާރީ ކެއުން

ތަރުކާރީ އަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަމަ ކޮންމެހެންވެސް ބޭނުން އެއްޗެކެވެ. ހަށިގަނޑު ފަަލަވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށާއި ރަނގަޅު ޑައެޓެއް ބޭނުންކުރާ ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ވެސް ތަރުކާރީ ބޭނުން ކުރުމެެވެ. ނަމަވެސް އާދަކޮށް ކޮންމެ ދުވަހަކު 7 ޕޯޝަން ތަރުކާރީއާއި 4 ތަށިމޭވާ ކަމުން ގެންދާނަމަ ހަށިގަނޑަށް ގެއްލުން ވުމުގެ ރިސްކު އޮވެއެވެ.

ތަރުކާރީ ކާން ވާނީ ތާޒާކަން މަތީގައެވެ. ތެއްލައިގެން ނުވަތަ ފިހެގެން ނޫނެވެ. އަދި ދުވާލަކު 4-5 ފަހަރަށްވުރެ އިތުރަށް ކައިގެން ނުވާނެއެވެ.

އާފަލު، މަށައިގެން ކެއުން

ކޮންމެ މޭވާއެއްގައި އަދި ތަރުކާރީއެއްގައިވެސް ހުރިހާ ނިއުޓްރިޝަންއެއް ހުންނަނީ ހަމައެކަނި އޭގެ ތޮށިގަނޑުން އެތެރެއަކު ނޫނެވެ. އެކަން ހަނދާން ކުރަން ޖެހެއެވެ. މޭވާ ނުވަތަ ތަރުކާރީގެ ތޮށިގަނޑަކީވެސް ސިއްހީ ގޮތުން ފައިދާ ހުރި ބައެކެވެ.

އާފަލުގައި ހިތުގެ ބަލިތަކާ ދެކޮޅަށް 100 އިން ސައްތަ މަސައްކަތް ކުރާ މާއްދާއެއް ކަމަށްވާ ކިޔޯސެޓިން ހުންނަނީ އޭގެ ތޮށިގަނޑުގައެވެ. އެހެންވީމާ ތޮއްޓާއެއްކޮށް އާފަލު ކެއުމަކީ ހިތުގެ ބަލިތަކުން ސަލާމަތް ވުމަށްވެސް ކުރެވިދާނެ ކަމެކެވެ.

މުހިއްމު ކަމަކީ އާފަލު ކެއުމުގެ ކުރިން ސާފު ކޮށްދޮވެގެން ކެއުމެވެ. އެހެންނޫނީ އެހެން ބައްޔަކަށް ފުރުސަތު ދެވިދާނެއެވެ.

އެލާމް އަޑު ގަދަކޮށްގެން ނިދުން

ނިދަން އޮށޯވެފައި ވަކި ގަޑިއަކަށް ހޭލުމުގެ ގޮތުން ގަޑި އެލާމް ކުރާއިރު ވިސްނާލިން ހެއްޔެވެ؟

އަޑުގަދަކޮށް އެލާމްގެ އަޑު ސެޓްކޮށްފައި ބެހެއްޓުމަކީ ގިނަ މީހުންގެ ގޯސް އާދައެކެވެ. އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހިތުގެ ވިންދު ޖެހުން އަވަސް ވެގެން ދެއެވެ. މި ދެކަމަކީވެސް ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އަތުވެދާނެ ދެ ކަމެވެ.

އެލާމް ކޮށްގެން ހޭލަން އާދަ ކުރާއިރު ވިސްނާލަންޖެހޭ އަނެއް ކަމަކީ މިގޮތަށް ދުވަސް ތަކަކަށް ދިގު ދެމިގެން ދާއިރު ސްޓްރެސް ބޮޑުވެ އެކަން ބައްޔަކަށްވެ ސިއްހަތަށް ނުރައްކާވެދާނެ ކަމެވެ.

މީގެ އިތުރުން ޓީވީއާއި ލަވަޖަހާސެޓްގެ އަޑު ގޭތެރޭގައި އާންމު ކޮށް ވާހަކަދައްކާ ވަރަށް ވުރެ ބާރު ކޮށްފައި ބެހެއްޓުމުގެ އާދަ އަކީވެސް އެކަމުގެ ސަބަބުން ސިއްހީ ގޮތުން މައްސަތަކެއް މެދުވެރިވެދާ ކަންތައް ކަމަށް ވާތީ އަޑު ހުންނަ އިލެކްޓްރޯނިކް އާލަތްތަކުގެ ވޮލިއުމް ބަހައްޓަން ވާނީ އެކަކު އަނެކަކު ދައްކާ ވާހަކަ ސާފުކޮށް އިވޭ ވަރަށެވެ.

ކޮންމެ ދުވަހަކު އެތައް ފަހަރަކު އީމެއިލް ޗެކް ކުރުން

ޑރ. ރިޗާޑް މެކްނޮން (ބްރިޓިޝް ފިޒިއޮކޮލޮޖިކަލް ސޮސައިޓީ) ވިދާޅުވަނީ ދުވާލަކު 10 ފަހަރު އީމެއިލް ޗެކް ކުރާކަމަށް ވާނަމަ އެއީ ވަރަށް އަވަހަށް ސްޓްރެސް މައްޗަށް ދިއުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އީމެއިލް ޗެކް ކުރުމުގައި މިބުނާ ކަންތައްތަކަށް ފަރުވާ ތެރިވުމަށް އޭނާ ނަސޭހަތް ތެރިވެއެވެ.

މާހެނދުނު ނުވަތަ ރޭގަނޑު ނިދާގަޑީގައި އީމެއިލް ޗެކް ނުކުރާށެވެ.

އޭނާ ބުނަނީ ފުރަތަމަ، މަސަައްކަތް ކުރުމަށެވެ. އީމެއިލް ޗެކް ކުރާނީ އޭގެ ފަހުންނެވެ.

މެއިލްއަކީ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ޕާޓްގެ ބައެއް ނޫންނަމަ އެއީ އެހާ މުހިއްމު ކަމެއް ނޫނެވެ. އިންކަމިންގ މެއިލް، ޓާން އޯފް މޯޑްގައި ބަހައްޓާށެވެ.

އިންސެންސް ބާން ކުރުން

އިންސެންސް ބާން ކުރުން ނުވަތަ މާމެލާމެލީގެ އަރަގުން ތައްޔާރުކޮށްފައި ހުންނަ ތެޔޮ އަންދައިގެން ކޮޓަރި ނުވަތަ ގޭތެރޭގައި މީރުވަސް ދުއްވުމަކީ މިހާރުގެ ދިރިއުޅުމުގެ ސްޓައިލެކެވެ.

މިކަމުގެ ސަބަބުން ދުވާ މީރުވަހުން ނާވްސް ސިސްޓަމަށާއި ހަށިގަނޑަށް އަރާމު ލިއްބައިދެއެވެ. ރިލެކްސް އާއި ސްޓެރެސް ލުއި ކޮށްދޭ ކަމެއްވެސް މެއެވެ.

އެކަމަކު ސައުތު ޗައިނާ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ބުނަނީ އާދަކޮށް ކޮންމެ ދުވަހަކު ގިނަ ވަގުތު މި ގޮތަށް ބާން ކުރުމުން ލަންގް ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ސިކުނޑީގައި ޓިއުމަރު އުފެދުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެ އެވެ. އާއްމު ކޮށް ބޭނުން ކުރުމުގެ ބަދަލުގައި މަދުމަދުން ބޭނުން ކުރުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ލަފާދެއެވެ. މިގޮތަށް އިންސެންސް ބޭނުންކުރި ނަމަވެސް ތާޒާ ވައިގެ ތެރޭގައި ވަގުތު ކޮޅެއް ހޭދަކުރުމަށް އިރުޝާދު ދެއެވެ.

އެނަޖީ ޑްރިންކް ބޭނުން ކުރުން

އެނަޖީ ޑްރިންކަކީ ކަންނެތްކަން ފިލުވައި ހަށިގަނޑު ހޭލައްވާ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް އެއީ ވަގުތީ ކަމެކެވެ. އާއްމު ކޮށް އެނަޖީ ޑްރިންކް ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ޔުނިވަސިޓީ އޮފް ޕެސިފިކް އިން ހެދި ދިރާސާއަކަށްފަހު ހާމަކުރި ގޮތުގައި އެނަޖީ ޑްރިންކް ބޭނުންކުރުމަކީ ހިތުގެ ހިނގުން ހަމައިން ނައްޓާލާ ކަމެކެވެ. މި ޔުނިވަސިޓީގެ ފަރާތުން  އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް މީހަކަށް ދެފުޅި އެނަޖީ ޑްރިންކް ނުވަތަ އަލްކަހޯލް ނެތް އެނަޖީ ޑްރިންކް، ތިން ހަފްތާ ވަންދެން ދީގެން ހެދި ދިރާސާއިން ދެއްކީ ހީކުރި ގޮތަކަށް ނޫނެވެ. ފުރަތަމަ ގްރޫޕް ހިމެނުނީ ލޭ މައްޗަށް ދިއުމުވެ. އަދި ހާޓް ރޭޓްވެސް މައްޗަށް ދިއުމެވެ.

ތަދުކަނޑުވާ ބޭސް ބޭނުންކުރުން

ތަނަކަށް ހަމަ ތަދުވެލާއިރަށް ތަދު ކަނޑުވާ ބޭސް ބޭނުން ކުރުމަކީ އަހަރެމެންގެ ތެރޭގައި އޮތް ވަރަށް ނުރަނގަޅު އާދަ އެކެވެ.

ތަދު ކަނޑުވާ ބޭސް ބޭނުން ކުރަންވާނީ ބޭނުން ކުރަންވެއްޖެ ހާލަތެއްގައި ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ.

ތުވާލި އޮޅައިގެން އިސްތަށިގަނޑުނހިއްކުން

ތުވާލިން ބޮލުގެ ތެތް އިސްތަށިގަނޑު ހިއްކުމަށް ރެޕް ކޮށްގެން ގިނައިރު ބެހެއްޓުމަކީ ރައްކާތެރިގޮތެއް ނޫނެވެ.

ބޮލުން އިސްތަށި ފޭބުމަސް ދިމާވާ ސަބަބަކަށްވެސް ވެއެވެ. މިސްޓަރ ލިއޯން ވެން (ސީނިއަރ މެނޭޖަރ އޮފް ހެޔަރ ކެއަ އެޓް ޔުނިލިވަރުސާޗް އެންޑްޑިވެލޮޕްމަންޓް) ލަފާ ދެނީ ތުވާލިން ބޯހިއްކާއިރު އަވަހަށް ބޯ ހިކޭ ކަހަލަ ގޮތަކަށް ވިސްނައިގެން އުޅުމަށެވެ. އޭގެ ބަދަލުގައި އިސްތަށިގަނޑުގައި ތުވާއްޔެއް އޮޅައިގެން އެއަށް ހުރިހާ ފެނެއް އޮބެންދެން ހުރުމަކީ އިސްތަށި ގަނޑަށް ގެއްލުން ވެސް ލިބޭ ކަމެކެވެ.

ފެންވެރުމުގައި ގިނަވަގުތު ހޭދަކުރުން

ގިނައިން ފެންވެރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކި ފެންވެރުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ.  ބޮލަަށް ގިނައިން ފެން އެޅިވަރަކަށް ހަށިގަނޑަށް އަރާމު އިހުސާސް ކުރެވޭނެއެވެ. ގިނައިން ފެން އަޅާހިތްވެސް ވާނެއެވެ. ފެންވަރައި ނިމުމުން ރިލްކްސް ވުމާއެކު އަވަހަށް ނިދިވެސް އާދެއެވެ. އެކަމަކު ފެންވެރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހަންގަނޑު ހިކި އަދި ކެހުން މެދުވެރިވާ ސަބަބެއްކަން ހަނދާން ކުރާށެވެ.

ފެންވެރުމުގައި ހޭދަކުރުން އެންމެ ރަނގަޅީ 10 މިނިޓަށްވުރެ ގިނަ ނުވުމެވެ. އެއަށްވުރެ މަދުވުމަކީވެސް މައްސަލައެއް ނޫނެވެ.(މަސްދަރު:ބްރައިޓް ސައިޑް.މީ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top