ކޮވިޑް އަށް ފަހު ދަރަވަންދޫ އެއާޕޯޓްގެ ދަތުރުތައް އަލުން ފަށަނީ .

95793281-800x450-800x450.jpg

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް. ފޮޓޯ: ދަރަވަންދޫ އެއާޕޯޓް

ކޮވިޑް އާއި ގުޅިގެން ބަންދު ކޮށްފައިވާ ދަރަވަންދޫ ވައިގެ ބަނދަރު، އަންނަ ހޯމަދުވަހު ހުޅުވާލަން ތައްޔާރު ވަމުން ދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ދަރަވަންދޫ ވައިގެ ބަނދަރާއެކު އެ އޭވިއޭޝަނުން ހިންގާ ތިމަރަފުށި، އިފުރު އަދި މާފަރު ވައިގެ ބަނދަރުވެސް ނިއުނޯމަލް އަށް ހޯމަ ދުވަހު ތައްޔާރުވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެކުންފުނިން މި މައުލޫމާތު ދީފައިވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތުދެއްވަމުންނެވެ.

ރިޒްވީ ވިދާޅުވީ، މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށްދަނީ މާފަރު އެއާޕޯޓް އިންޓަނޭޝަނަލްކޮށް އޮފަރޭޝަނަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ހަފުތާއެއްގެ ތެރޭގައި މާފަރު އެއާޕޯޓުގެ އެތެރޭގެ މަސައްކަތްތައް ނިމި ބައިނަލްއަގުވާމީ ދަތުރުތަކަށް ތައްޔާރުވާނެ ކަމަށާ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އެއާޕޯޓުގައި މާކު ޖެހުން ފަދަ ކަންކަން ބާރަށް ކުރިއަަށްދާ ކަމަށް ޑިރެކްޓާ އޮފް ކޮލިޓީ އިބްރާހިމް އިޔާސް މައުލުމާތު ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top