ކަނބަލުންނާއެކު ”އޯޕަލް މަސްރޭސް- ހިތާދޫ“- ބައިވެރިވުމުގެ ފުރުސަތު މުޅި ރަށަށް

viber_image_2021-12-08_12-04-21-617-1.jpg

މަސްވެރިކަމުގައި ކަނބަލުންގެ ދައުރު ފުޅާކޮށް މަސްވެރިކަމަށް އެކަނބަލުން އަހުލުވެރި ކުރުވުމުގެ ގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަހު ބ. ހިތާދުއަށް ހުޅުވާލައިގެން ”އޯޕަލް މަސްރޭސް- ހިތާދޫ “ގެ ނަމުގައި ހިތާދޫ ކައުންސިލާއި ވައިޓް އޯޕަލް މޯލްޑިވްސް ކުންފުނި ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަސްރޭހުގެ މެއިން ސްޕޮންސަރަކީ ހިތާދުއަށާއި ބ.އަތޮޅަށް ގިނަ އަހަރުތަކެއްވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިތާދޫ އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ އެމް7 އަށް ނިސްބަތްވާ ވައިޓް އޯޕަލް ކުންފުންޏެވެ.

ވައިޓް އޯޕަލް ކުންފުނިން ހިތާދޫގައި މިހާރު ތައްޔާރު ވަމުން ދަނީ ގޭދޮށު މަސްފެކްޓަރީއެއް ހުޅުވުމަށެވެ. އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު ބ.އަތޮޅަށް އެކްސްޕްރެސް ކާގޯގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވި އެވެ.

އެމްޑީ. ސައްތާރު ވިދާޅުވީ ”އޯޕަލް މަސް ރޭސް“ ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމަށް އަންހެނުން މޯޓިވޭޓް ކުރުމާއެކު ހިތާދުއަކީ ބ.އަތޮޅަށް ބަލާއިރު މަސްވެރިކަމުގެ އެންމެ ބޮޑު އެއްރަށް ކަމަށްވެފައި މަސްވެރިންގެ މެދުގައި އިހު އޮތް މަސްވެރިކަމުގެ ވަރުގަދަ ރޫހު ދިރުވުމާއެކު މަސްވެރިންގެ މެދުގައި އެކުވެރިކަން އުފެއްދުން ކަމަށެވެ.

”މިރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް އަންހެނަކު ހުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާކަމެއް.“ އެމްޑީ ވިދާޅުވިއެވެ.

އޯޕަލް މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 10ވަނަ ދުވަހު 2:15 ގައި ހިތާދޫ ބަނދަރުން އޮފިޝަލުން އެންގުމުންނެވެ.

ޚާއްސަ އިނާމުތަކެއް ހުށައެޅިފައިވާ މި ރޭހުގައި ބައިވެރިވުމުގެ ފޯމު ދޫކުރަން ހަމަޖެހިފައިވަނީ ހިތާދޫ ކައުންސިލުން، ރަސްމީ ގަޑީގައެވެ. ރޭހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 9 ވަނަ ދުވަހުގެ 12:00އެވެ. މުބާރާތާއިބެހޭ، އިތުރުމަޢުލޫމާތާއި އަދި އެންމެފަހުގެ އަޕްޑޭޓް ހިތާދޫ ކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top