ބ.އަތޮޅު ހަތްރަށަކުން 50 ޓަނުގެ ކުނި، ރިސައިކަލް ކުރަން ރާއްޖެއިން ބޭރަށް

big_T4nXCy7t8v73IRXoa6BTa9Xn4.jpg

ބ.އަތޮޅުގެ ހަތް ރަށުން ބޭރަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ކުނި --.ފޮޓޯ: ސޮނެވާ ނަމޫނާ

ބ. އަތޮޅުގެ ހަތް ރަށަކުން 50ޓަނުގެ ކުނި ރިސައިކަލް ކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

މި ހަރަކާތް ހިންގާފައިވަނީ ކުނި ރައްކާތެރިކޮށް ނައްތާލުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ބ. އަތޮޅުގައި އޮންނަ ސޮނޭވާފުށި ރިސޯޓުގެ ސޮނޭވާފުށި ނަމޫނާ އެންޖީއޯގެ ދަށުންނެވެ. ކުނީގެ ގޮތުގައި އިންޑިޔާ އަށް ފޮނުވާފައިވަނީ ޕްލާސްޓިކާއި ދަގަނޑާއި ކަރުދާހުގެ ބާވަތްތަކެވެ.

ސޮނޭވާ ފުށި ނަމޫނާއިން ބުނީ އެ ކުނިތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އާމްދަނީއެއްވެސް ލިބޭނެ ކަމަށެވެ.

ކުނި ރީސައިކަލް ކުރުމުގެ ފުރަތަމަ މަޝްރޫއު ސޮނެވާއިން ކުރިއަށް ގެންދިޔައީ ބ. މާޅޮހުގަ އެވެ. މާޅޮހުގައި އީކޯ ސެންޓްރޯއެއް ހަދައި ބ. އަތޮޅުގެ ހަތް ރަށަކުން އެ މަޝްރޫއުގައި މިހާރު ވަނީ ބައިވެރިވެފަ އެވެ.

ކުނި ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މަޝްރޫގައި މިހާރު ބައިވެރިވަނީ ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ، ކިހާދޫ އަދި މާޅޮހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top