އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ލިސްޓަށް އިތުރު ދުވަސްތަކެއް

big_77Ip0zA25I5MAXp.jpg

ރައީސް އޮފީސް

އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ތިރީގައި ދަންނަވައިފައިވާ ދުވަސްތައް އިތުރު ކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އިތުރަށް ދޭ ބަންދު ދުވަސްތަކަކީ: މެއި 5، ޖުލައި 13، 14 އަދި 28 އެވެ.

މިދުވަސްތައް ބަންދު ކުރަން ނިންމަވާފައިވާ ގޮތަށް ބަލާއިރު، އަންނަ އަހަރުގެ މެއި މަހުގެ 3 ވާ އަންގާރަ ދުވަހަކީ ފިތުރު އީދު ދުވަހެވެ. އީދުގެ މުނާސަބަތުގައި ޖެހިގެން އަންނަ ބުދަ ދުވަސް ބަންދުވާނެއެވެ. އިތުރު ބަންދު ދުވަހެއްގެ ގޮތުގައި ބުރާސްފަތިދުވަސް ހިމަނުއްވައި އަންގާރަ ދުވަހުން ފެށިގެން އެ ހަފްތާ އެއްކޮށް ބަންދުވާނެ އެވެ.

އަންނަ އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި 10 ވާ އާދިއްތަ ދުވަހެވެ. ބޮޑު އީދުގެ މުނާސަބަތުގައި ޖުލައި 11 އާ ދިމާވާ ހޯމަ ދުވަހާއި އެ މަހުގެ 12 އާ ދިމާވާ އަންގާރަ ދުވަސް ބަންދުވާނެ އެވެ. އޭގެ ތެރޭގައި ރައީސް ހިމެނުއްވި ޖުލައި 13 އާއި 14 އެވެ. އޭރުން އެއް ހަފްތާގެ ޗުއްޓީ ލިބޭނެ އެވެ.

ޖުލައި 26 (މިނިވަން ދުވަސް) އަންގާރަ ދުވަހަކާ ދިމާވާތީ ޖެހިގެން އަންނަ ބުދަ ދުވަސް ވާނީ ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަހަކަށެވެ. އެހެންވެ 28 ވާ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްލީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top