އާސަންދަ ބަޖެޓް ހުސްވެއްޖެ

ADH_7131kkki-1635652460812_xrpnt5-1.jpg

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭ ގައުމީ ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައިގެ ބަޖެޓް ހުސްވެއްޖެއެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާއެވެ. ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހާއި ހަމައަށް އާސަންދަ ސްކީމަށް 795 މިލިއަން ރުފިޔާ ވަނީ ހަރުދުވެފައި ވާކަމަށް  ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މި މުއްދަތަށް 795 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިސްކީމުން ހަރަދުކޮށްފައިވަނީ 658 މިލިއަން ރުފިޔާއެވެ. މި ސްކީމަށް މިދިޔަ އަހަރު ކަނޑައަޅާފައިވަނީ 950.6 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނުނިމެނީސް އެ ބަޖެޓް ވަނީ ހުސްވެފައެވެ. އެއަހަރު ދައުލަތުގެ ބަޖެޓުން އާސަންދައަށް ހަރަދުކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ.

އަހަރުގެ މެދާއި ހަމައަށް އާދެވުނުއިރު، ބޮޑު އަދަދެއް އާސަންދައަށް ހަރަދުވެގެން ގޮސްފައިވާއިރު، މި ހަރަދުތައް ގިނައިން ދަނީ ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދުމަށްކަން ފާހަގަ ކޮށްލެވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top