ސުޝާންތުގެ ”ދިލް ބޭޗާރާ“ ވަރަށް ސަޅި.

dil-bechara-actress-jpg_710x400xt.jpg

ސުޝާންތު ސިންގުގެ މަރަށް ފަހު އޭނާއާއި މެދު ކުރަމުން އައި ހިތާމަތަކުގެ ނިމުމަކީ އޭނާގެ ފަހު ފިލްމަ ދިލްބޭޗާރާ ބަލައިލުން ކަމަށް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ މިއީ އެންމެ އުފާވެރި ޚަބަރެވެ. އޭނާގެ ފަހު ފިލްމް ”ދިލް ބޭޗާރާ” ގެ ޓްރެއިލަރ މިދިޔަ ހޯމަދުވަހު ވަނީ ރިލީސް ކޮށްފިއެވެ. މި ޓްރެއިލާ ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ ބޮޑެތި ފިލްމުތަކަކަށް ގޮންޖަހާލުމުގެ އިތުރުން ގިނަ ރިކޯޑުތަކެއް މުގުރާލި ޓްރެއިލާ އެއް ކަމުގައެވެ.

ކެންސަރު ޖެހި ދިރިއުޅުމުން މާޔޫސް ވެފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމުގެ ޓްރެއިލާގައި ސުޝާންތުގެ އެކްޓް ކިތަންމެހައިވެސް މޮޅެވެ. ހަމައެއާއެކު ފިލްމުގެ އެއް ޑައިލޮގަކީ ބެލުންތެރިންގެ ހިތުގެ އެންމެ ހިމަ ނާރާ ވެސް ވަނީ ކުޅެލާފަ އެވެ.

“އުފަންވާނީ ނުވަތަ މަރުވާނީ ކޮން އިރަކުންތޯ މިއީ އަހަރެމެންނަށް (އިންސާނުންނަށް) ނިންމޭނެ ކަންކަމެއް ނޫން. ނަމަވެސް ދިރިއުޅޭނީ ކިހިނެއްކަން އަހަރެމެންނަށް ނިންމި ދާނެ،” މިއީ ފިލްމުގެ ޓްރެއިލާގައި ސުޝާންތު ބުނާ އެންމެ އަސަރުގަދަ އެއް ވާހަކަ ކޮޅެވެ.

މި ބަސްކޮޅު މިއަދުގެ ހާލަތާ ގުޅުވައިގެން ސުޝާންތުގެ ފޭނުންދަނީ ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ.

އަލަށް ފިލްމު ކުޅެން ފެށި ބަތަލާ ސަންޖަނާ ސާންގީ އާއެކު ސުޝާންތު ކުޅެފައިވާ މި ފިލްމުގެ
ޓްރެއިލާ ރިލީޒްކުރިތާ އެންމެ ގަޑިއެއްގެ އިރު ތެރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ޓްރެއިލާ ބަލާފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި މި ފިލްމުގެ ޓްރެއިލާ އެތައް އިރެއް ވަންދެން އެއް ވަނައިގައި ޓްރެންޑް ވަމުން ގޮސްފައި ވެއެވެ.

ދިލް ބޭޗާރާ ގެ އޮފިޝަލް ޓްރައިލާ

“ދިލް ބޭޗާރާ” ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށީގެން ޑިޒްނީ +ހޮޓްސްޓާ އިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top