ސްކޫލްތައް ހުޅުވާބެހޭ މަޝްވަރާ ކޮށްފި

big_TNt8qa8XgdN84oahTtkzviHLu.jpg

މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން-ފޮޓޯ :އެޑިއުކޭޝަން

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކޮޮށްފައި އޮތުމަށްފަހު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ރައްކާތެރިކަމާއި އެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން އެ މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޗްޕީއޭގެ ފަރާތުން ޑރ. ފާތިމަތު ނަޒްލާ ރަފީގާއި ޑރ. ނަޒްލާ މުސްތަފާ އަދި ޑރ. އަހުމަދު ޝަހީދު ވަނީ ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އެޑިއުކޭޝަނުން ނުދެއްވައެެވެ.

ވޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށްފަހު ވޭތުވެދިޔަ ޖުލައި މަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކަށް ސްކޫލްތައް ހުޅުވާލި ނަމަވެސް، ކޮވިޑުގެ ދެވަނަ ރާޅާއެކު، މަހެއްހާ ދުވަހުގެ ކިޔެވުމަށްފަހު އަލުން ކިޔެވުން މެދުކަނޑާލައި ބަންދުކުރަން މަޖުބޫރުވީ އެވެ. އިތުރު ފިޔަވަޅުތަކެއް އަޅައިގެން ގްރޭޑް 9 އިން 12 އާ ދެމެދުގެ ގްރޭޑުތަކަށް ކިޔެވުން ފެށީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރެއްގެ ކުރީކޮޅު ދިރާސީ އައު އަހަރު ފެށިނަމަވެސް 2021 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top