އަންހެން ގައުމީޓީމްގެ ކެޕްޓަންއާއެކު، 3 ކުޅުންތެރިން ބޮޑުއީދުގައި އޭދަފުއްޓަށް

15697954_1354789437904757_5774525892330407136_n.jpg

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް. މިޓީމުގެ 3 ކުޅޫންތެރިން މިއަހަރުގެ ބޮޑުއީދު މުބާރާތުގައި އޭދަފުށީ މަގޫ ސްޕޯޓްސްއަށް ކުޅުމަށް ވަނީ ހަމަޖެހިފައި / ފޮޓޯ: ފޭސްބުކް

އަންނަ އަޟްހާ އީދުގައި އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޑައުންޓައުން އިން އޭދަފުށީގައި ބާއްވާ އަންހެން ފުޓްސަލް މުބާރާތުގައި ކުޅުމަށް، މިދިޔައަހަރުގެ ޗެމްޕިއަން މަގޫ ސްޕޯޓްސް އިން ރާއްޖޭގެ އަންހެން ގައުމީ ޓީމް ކެޕްޓަންއާއެކު 3 ކުޅުންތެރިން ގެންނަން ނިންމައިފިއެވެ.

މިދިޔަ އަޟްހާ އީދުގައި އޭދަފުށީގައި އެންމެ ވައިގައި ހިފި މިމުބާރާތުގައި ކުޅުމަށް މަގޫ ސްޕޯޓްސްއިން ގެންނަނީ ގައުމީ ކެޕްޓަން ފަދުވާ ޒާހިރާއި، އެޓީމްގެ މުހިއްމު ދެކުޅުންތެރިންކަމަށްވާ، ފާތިމަތު އަފްޒާއާއި، އާމިނަތު ޒާހިޔާކަމަށް އެޓީމްގެ މެނޭޖްމަންޓުން އީވީއަށް ވަނީ ޔަގީން ކޮށްދީފައެވެ.

މަގޫ ސްޕޯޓްސްގެ ޗެއާމަން ހުސައިން ނިމާލް ބުނީ މިތިން ކުޅުންތެރިން ގެނައުމުގެ ބޭނުމަކީ ޗެމްޕިއަންކަން ދިފާއުކުރުން ކަމަށާ، އެކަމަށްޓަކައި ޓީމް މިދިޔަ އަހަރަށްވުރެ ދެގުނަ ވަރުގަދަ ވާނޭކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމްގެ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުންވެސް ކުޅުންތެރިން ގެންނަން މަސައްކަތް ކުރިކަމަށެވެ.

“ބެންކޮކް 2 ކުޅުންތެރިއަކުވެސް ގެންނަން ވާހަކަދެކެވުނު. އެހެންނަމަވެސް އެމީހުންގެ މުބާރާތެއް ކުރިޔަށްދާތީ މިފަހަރު އާދެވެން ނެތީ. އެހެންނަމަވެސް ރާއްޖޭގެ ގައުމީ ކެޕްޓަންއާއި ވަރުގަދަ ދެކުޅުންތެރިން ތިބީމަ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް” ނިމާލް ބުންޏެވެ.

ގައުމީ އަންހެން ފުޓްބޯޅަ ކެޕްޓަން ފަދުވާ ޒާހިރު. މިއަހަރުގެ އަޟްހާ އީދުގައި ފަދުވާ ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށި މަގޫ ސްޕޯޓްސްއަށް / ފޮޓޯ: މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް

ޑައުންޓައުން އިން ބުނީ އީދާ ގުޅިގެން ބާއްވާ މިއަހަރުގެ މުބާރާތް އަންނަ ހަފްތާގެ ތެރޭގައި ފެށޭނެކަމަށާ، މިއަހަރު މުބާރާތުގައި 5 ޓީމަކުން ވާދަކުރާ ކަމަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top