ޕީޕީއެމް ގެ ޕްރައިމަރީ ޖެނުއަރީ 24ގައި

medium_149050.jpg

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، އަންނަ ޖެނުއަރީ މަހުގެ 24 ގައި ބާއްވަން ނިންމައިފިއެވެ.

މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަަ ނުކުރާނެ ކަމަށާއި، ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނީ، ޕީޕީއެމުން ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ތައްޔާރީތައް ވުމަށްޓަކައި، ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޕީޕީއެމްގެ ނައިބު ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން މެމްބަރުން ވާދަކުރައްވަން ބޭނުންފުޅުވާ ހާލަތުގައި، އެއިން ކޮންމެ ރަށެއްގައިވެސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގައި އެއްވެސް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ.

“ޕީޕީއެމް ޓިކެޓުގައި ކައުންސިލްތަކަށް ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފޯމު ދޫކުރަން އަޅުގަނޑުމެން މި ފަށަނީ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރަކަށް ވާ ކޮންމެ ބޭފުޅަކަށް ޕްރައިމަރީގައި ވާދަކުރެވޭނެ. އަދި ޖެނުއަރީ 17 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރަކަށްވާ ކޮންމެ ބޭފުޅަކަށް ޕްރައިމަރީގައި ވޯޓު ދެއްވޭނެ.” މުޢިއްޒު ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށާ ހުރިހާ ދާއިރާތަކަށް ވާދަ ކުުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވި އެވެ..

މުއިއްޒު ވިދާޅުވީ ކައުންސިލު އިންތިހާބަށް އިތުރު ޕާޓީއަކާއި ކޯލިޝަން ނަހަދާނެ ކަމަށާއި ރައީސް ޔާމީން މިނިވަން ކުރެވޭނީ ކައުންސިލު އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ. މިއީ އެކަމަށް އޮތް ހަމައެކަނި ފުރުސަތުކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ގައުމު ސަލާމަތްކުރަން އެދޭނަމަ މިފަހަރު އިދިކޮޅު ކޯލިޝަނަށް ވޯޓް ދިނުމަށްވެސް އޭނާ ގޮވައިލެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top