އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ބްރައުނީ .

viber_image_2020-05-18_11-56-35.jpg

ބޭނުންވާ ތަކެތި

1ޖޯޑު އަންސޯލްޓް ބަޓަރު (މެލްޓް ކޮށްފައި)

4 ބިސް

1ޖޯޑު ކޮކޯ ޕައުޑަރ

3 ޖޯޑު ހަކުރު

1/2 1 ޖޯޑު ގޮދަންފުށް

1 ޖޯޑު ޗޮކްލެޓް ޗިޕްސް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ސައިސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނޭ ގޮތް

ފުރަތަމަ، މެލްޓް ކޮށްފައި ހުރި ބަޓަރު ކޮޅާ ވެނީލާ އެސެންސް ކޮޅު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު އޮލިވްއޮއިލް ކޮޅު ވެސް އަޅާލާށެވެ.

ފުށާ ކޮކޯ ޕައުޑަރ އަދި ލޮނުކޮޅު އެއްކޮށްލާފައި، ކުރިން ތައްޔާރު ކުރި ކްރީމް ގަނޑާ އެއްކޮށްލާށެވެ. ޗޮކްލެޓް ޗިޕްސް ކޮޅުވެސް އެއްކޮށްލާށެވެ. 220 ޑިގްރީގައި 35މިނިޓް ވަންދެން ފިހެލާށެވެ. މިހާރު އެހެރީ ބްރައުނީ ތައްޔާރު ކުރެވިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top