ސަލްސާ ރިޓްރީޓުން ވޯލްޑް ކަޕާ ދިމާކޮށް އިނާމު ލިބޭ ޕްރޮމޯޝަންތަކެއް ފަށައިފި

DSCN2891.jpg

ސަލްސާ ރިޓްރީޓް - އީވީ ފޮޓޯ

ވޯލްޑްކަޕާ ދިމާކޮށް އޭދަފުށީގައި ހުންނަ ސަލްސާ ރިޓްރީޓްގެ ފަރާތުން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝްނެއް ފަށައިފިއެވެ.

އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯޝަންގެ ބޭނުމަކީ އެތަނަށް ޒިޔާރަތް ކުރާ ކަސްޓަމަރުންގެ މެދުގައި ވޯލްޑްކަޕްގެ ފޯރި ގަދަކޮށްލުން ކަމުގައި މެނޭޖަރ އަހުމަދު ޝަފީގު ވިދާޅުވިއެވެ.

ސަލްސާ ރީޓްރީޓުން 20ރ. އިން މަތީގެ ވިޔަފާރި ކުރައްވައިގެން ލިބޭ ކޫޕަން، ކޮންމެ މެޗެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން އެތަނުގައި ބަހައްޓާފައި ހުންނަ ފޮއްޓަށް ލުމުން ޕްރޮމޯޝަންގައި ބައިވެރި ވެވުނީއެވެ.

މީގެ އިތުރުން ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ރެއަކު ސްކޯ ދިމާކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އެ ރެސްޓޯރަންޓުން ފިއްޒާއެއް ވެސްލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.މިޕްރޮމޯޝަނުގައި ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެއް ވަނަ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫ ކިހާ ބީޗް ގެސްޓް ހައުސް އިން ދެ މީހަކަށް، ދެ ދުވަހުގެ ހުރުމެވެ. ދެ ވަނަ އިނާމަކީ އޭދަފުށީގައި އަލަށް ތައާރފްކޮށްފައިވާ ހައިސްޕީޑް ލޯންޗްސަވިސް ގެ ފަރާތުން ޔޫސުފް އެކްސްޕްރެސް އިން ދެމީހަކަށް މާލެ- އޭދަފުށި ދެކޮޅު ޓިކެޓެވެ.  ތިން ވަނަ އިނާމަކީ ސޮނީސްޕޯޓްސް އިން ވިޔަފާރި ކުރަން ލިބޭ ޑިސްކައުންޓް ވައުޗަރެކެވެ. ހަތަރުވަނަ އިނާމެކަށް ކަނޑައަޅާފައިވަނީ އެފްޑީއައި ސްޓޭޝަނުން ހިލޭ ފޮޓޯ ޕެކޭޖެކެވެ.

ސަލްސާ ރިޓްރީޓް ރެސްޓޯރަންޓް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ ދިދަ ތަކުން ޒީނަތްތެރިކޮށް މެޗުތައް ބެލުމަށް ހާއްސަ ސްކްރީނެއް ވެސް ބަހައްޓާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top