ޖަނަވަރީ 10 ގެ ކުރިން ސްކޫލްތަކަށް ފޮތްތައް ފޮނުވޭނެ

nm-1.png

ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ ޖަނަަވަރީ 10 ގެ ކުރިން ސްކޫލްތަކަށް ފޮނުވައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މަސައްކަތް މިނިސްޓްރީން އަންނަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް 40 އަށް ވުރެ ގިނަ ސްކޫލްތަކަށް ފޮތްތައް ވަނީ ފޮނުވައިފަ އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމައިލެވޭނެ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗާތައް ވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ މިދިރާސީ މި އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާ އިރު އެ ވައުޗާތައް ވެސް ހަވާލުކޮށް ނިންމުމަކީ އަމާޒެއް ކަމަށެވެ. މި ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ފެށޭނީ އަންނަ ބުރާސްފަތިދުވަހު އެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 27 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top