އޭދަފުށީގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް!

DSCN0023.jpg

އޭދަފުށި. -އީވީ ފޮޓޯ

އޭދަފުށީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ކަންބޮޑުވާ މިންވަރަށް މައްޗަށް ދާން ފަށައިފިއެވެ.

ރޭ 11:30 ގައި ބ.އަތޮޅު ހޮސްޕިޓަލުން ނެރުނު ކޮވިޑްގެ އެންމެފަހު ރިޕޯޓުގައި ވާގޮތުން ފާއިތުވި 24ގަޑިއިރުގެ ތެރޭގައި އޭދަފުށިން ވަނީ އިތުރު 28 މީހަކު ފައްސިވެ މުޅިރަށުން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 99 އަށް އަރާފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މިހާތަނަށް 825 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އަދިވެސް ނަތީޖާ ނުލިބޭ 171 ސާމްޕަލްވެއެވެ.

ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ޕޮޒިޓިވްވެ، އެރަށަށް އަރައިފޭބުން މަނާކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެހެންވެ، ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެއާއެކު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު ވޭތުވެ ދިޔަ 6 ދުވަހުގެ ތެރޭގައި ވަނީ ދެފަހަރެއްގެ ވަކި ތަރުތީބެއްނެތި ސުންކުތަކެއް ނަގާފަ އެވެ.

ރައްޔިތުންގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ރަށު ކައުންސިލުން ވަނީ ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ނުކުތަސް އެންމެ މީހަކު ނޫނީ ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ފިހާރަ ތަކާއި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top