ރޯދަމަސްފެށެން ހަފްތާއަކަށްވުރެވެސް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އަންނަ ރަމަޟާންމަސް ފެށުމުގެ ކުރިން އޭދަފުށީގެ މަގުހެދުމުގެމަސައްކަތް ބަޔަކާހަވާލުކުރެވި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭވަރު ވާނެކަމަށް ހައުސިންގމިނިސްޓަރ މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވެފައިވަނީ ބައެއް މީޑިއާތަކަށްދެއްވި ބަސްދީގަތުމެއްގައެވެ.
“މިހާރުވަނީ މަގުތައް ކަނޑައަޅާނިމިފައި. އީއައިއޭގެ މަސައްކަތްވެސް ކުރިއަށްއެބަދޭ. ރަމަޟާންމަސްް ފެށުމުގެކުރިން ބަޔަކާހަވާލުކޮށް ސޮއިކުރެވޭވަރުވާނެ.” މިނިސްޓަރ ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނޭފަދައިން އޭދަފުށީގެ މަގުހެދުމުގެ މަޝްރޫޢަކީ މިއަހަރަށް ބަޖެޓްކުރެވިފައިވާ މަސައްކަތެކެވެ. އަދި މިއަހަރު އެމަސައްކަތް ފެށިގެންދާނެކަމަށް ހައުސިންމިނިސްޓަރ މީގެކުރިންވެސް ވިދާޅުވެފައިވެއެވެ.
އޭދަފުށީގެމަގުހެދުން ރޯދަމަސްފެށުމުގެކުރިން ބަޔަކާހަވާލުކުރެވޭނެ
