ކޮމިއުނިޓީ ޝީލްޑް ހުސްސޮނގަށް، ފެމެލީ ސެންޓަރަށް 11000ރ

27459089_1250864478395861_1965599214979570105_n.jpg

ކޮމިއުނިޓީ ޝީލްޑާއެކު ހުސްސޮނގުން ޓީމް އިއްޔެ ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ޔޫތު ވިންގް އެފްބީ ޕޭޖް

2018 ވަނަ އަހަރުގެ ފުޓްބޯޅަ ހަރަކާތްތައް އޭދަފުށީގައި ފެށުން ފާހަގަކުރުމަށް ވެސްޓް ވިންގް އޭދަފުށި ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން އިއްޔެ އޭދަފުށީގައި ކުޅުނު މެޗް ކާމިޔާބުކޮށް އޭދަފުށީގެ ފުރަތަމަ ކޮމިއުނިޓީ ޝީލްޑް ހުސްސޮނގުން ޓީމް އުފުލާލައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް ހުސްސޮނގުން ކާމިޔާބުކުރީ ބ. އަތޮޅުގެ ރިސޯޓް ޗެންޕިއަން ޑުސިޓްތާނީ މޯލްޑިވްސްއާ ވާދަކޮށް 4-2ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވެސްޓް ވިންގުން އިސްނަގައިގެން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުންފެށިގެން ތައާރަފް ކުރެވުނު އޭދަފުށީ ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު އެގާރަހާސް ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރީ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރާއެވެ. އެއީ ވެސްޓް ވިންގުން ދިން ފަސްހާސް ރުފިޔާ އަދި ޑުސިޓް ތާނީ މޯލްޑިވްސްއިން ދިން ހަހާސްރުފިޔާއެވެ.

ވެސްޓް ވިންގް ޖަމްއިއްޔާއިން ބުނީ މިމެޗް ކުރިޔަށް އޮތް އަހަރުތަކުގައި މެދުނުކެންޑި ބޭއްވުމަށް ވިސްނާކަމަށާ، އަންނަ އަހަރުވެސް މިމެޗް ކުޅޭނީ ބޮޑުއީދު މުބާރާތުގެ ޗެންޕިއަނުންނާއި، ރިސޯޓް މުބާރާތުގެ ޗެންޕިއަން ޓީމުކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top