ދިލްސަމްބަލް ޖާ ޒަރާ ހުއްޓާލަނީ

Dil-Sambhal-Ja-Zara.jpg

ސްޓާރ ޕްލަސްއިން އޮކްޓޯބަރ 2017އިން ފެށިގެން ގެނެސްދެމުން ގެންދިޔަ ރީތި ޑްރާމާ ސީރީޒް،  ދިލް ސަމްބަލް ޖާ ޒަރާ ފެބްރުއަރީ 2ގައި ނިންމާލާނެ ކަމަށް ސްޓާރ ޕްލަސްއިން ބުނެފިއެެވެ. މިޚަބަރާއެކު މިޑްރާމާއާށް ދެވިހިފާފައި ތިބި ދިވެހިންގެ އިތުރުން ޑްރާމާގެ ކާސްޓަށްވެސް ވަނީ ސިހުން ލިބިފައެވެ.

ޑްރާމާގެ ބައިވެރިން ބުނާގޮތުގައި ކުއްލިއަކަށް ލިބުނު މި ޚަބަރާއެކު އެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ.

މި ސީރީޒް ނިންމާލާއިރު މައިގަނޑު ވާހަކައާ ހަމައަށް ވެސް އަދި ނުދާކަމަށް ޚަބަރުތައް ބުނެއެވެ.

ބޮލީވުޑްގެ މޮޅު ފިލްމްތަކެއް ކުޅެފައިވާ ކުރީގެ މަޝްހޫރު އެކްޓަރ ސަންޖޭ ކަޕޫރުގެ ފުރަތަމަ މި ޓީވީ ޑްރާމާގައި ސަންޖޭ އަދާކުރަނީ ދެކުދިން ލިބި އަނބިމީހާ މަރުވުމަށްފަހު އޭނާގެ ރައްޓެއްސެއްގެ ޒުވާން އަންހެން ދަރިއަކާ ކައިވެނި ކޮށްގެން އުޅޭ ދެބައި އުމުރުގެ ވިޔަފާރި ވެރިއެއްގެ ރޯލެވެ.

ދިލްސަމްބަލް ޖާ ޒަރާއަކީ ޓާކިޝް ޑްރާމާއެެއްގެ ރީމޭކެކެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސްރ ވިކްރަމް ބަޓް ޕްރޮޑިއުސްކުރާ މިޑްރާމާ ސީރީޒް ނިންމާލަނީ ސްޓާރޕްލަސް  އުއްމީދު ކުރިވަރުގެ ތަރުހީބެއް ނުލިބުމުން ކަމުގައި ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި