އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުށްޓާ ހަމައަށް

big_C7qymKGfg7IRXyu.jpg

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން އޭދަފުށިގައި ގާއިމު ކޮށްފައިވާ ލޭންޑިންސްޓޭޝަނާ މާދަމާ ސަބްމެރިން ކޭބަލް ގުޅާލާނެކަމަށް އެކުންފުނީގެ އޭދަފުށީ ބްރާންޗްގެ އިންޗާޖް އަހްމަދު މިރުސާލް ވިދާޅުވެއްޖެއެވެ. .

މިރުސާލް ވިދާޅުވީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްކުރަމުން އަންނަ  ޗައިނާގެ ހުއާވޭ ކުންފުނީގެ ބޮޑު ބޯޓު އޭދަފުށްޓަށް މާދަމާ އަންނާނޭކަމަށާއި އެކުންފުނީގެ އެކްސްޕާޓަކުވެސް މިހާރު އޭދަފުށިގައި އެބަހުންނެވި ކަމަށެވެ.

“ހުރިހާ ކަމެއް ހުރީ ރެޑީވެފައި. ބޯޓު އައުމާއެކު އޭދަފުށިގައި ގާއިމް ކޮށްފައިވާ ސްޓޭޝަނާ ގުޅާލާނެ. “މިރުޝާލް ވިދާޅުވިއެވެ

އުރީދޫގެ ސަބްމެރިން ކޭބަލް މަޝްރޫއު އިފްތިތާހް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އައްޑުސިޓީ ހިތަދޫގައެވެ. އުރީދޫން ބުނީ 25 މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ 6 ލޭންޑިން ސްޓޭޝަނަކާއި ސަބްމެރިން ކޭބަލް ގުޅާލުމަށް ހަމަޖެހިފައިވާކަމަށެވެ.

އުރީދޫން ކުރިން ބުނެފައިވަނީ ހަމަޖެހިފައިވާ އުސޫލުން ހުރިހާކަމެއް ގޮސްފި ނަމަ އަންނަ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އެއްކޮށް ސަބްމެރިން ކޭބަލުން ގުޅާލެވޭނެކަމަށެވެ.

އުރީދޫއަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެކުންފުނިން ނިންމައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ލޭންޑިން ސްޓޭޝަން ހެދުމުގެ މަސައްކަތެވެ. އެގޮތުން 6 ލޭންޑިސް ސްޓޭޝަންގެ މަސައްކަތް އެކުންފުނިން ވަނީ މީގެ ކުރިން މުޅިން ނިންމާލާފައެވެ.

ރާއްޖޭގައި ފޯނުގެ ހިދުމަތް ދެ ވަނަ އަށް ދޭން ފެށި އުރޫދޫ އިން ބުނީ އަލަށް ފަށާ ޕްރޮޖެކްޓުގައި ހުއާވޭ މެރިންއިން ފޯރުކޮށްދޭނީ އެންމެ ފަހުގެ ކުރިއަރައިފައިވާ އޮޕްޓިކަލް ޓެކްނޮލޮޖީ ކަމަށާއި އެ ޓެކްނޮލޮޖީ މެދުވެރިކޮށް ނެޓްވާކް ކެޕޭސިޓީ އާއި ފްލެކްސިބިލިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.

ް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top