ޓިވެކް ގެ ކެރިއަރ ޑޭ އަންނަ އާދިއްތަ ދުވަހު

38765217_10157755074358009_785635765676670976_n-800x450-800x450.jpg

ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ފޮޓޯ : މުހައްމަދު ޒުބޭރު އެފްބީ ޕޭޖް

ބ.ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ކެރިއަރ ޑޭ އަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށް އެސެންޓަރުން ބުނެފިއެވެ.

އެސެންތަރުން ހިންގާ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތަކުގައި 12 އަތޮޅަކުން 50 ދަރިވަރުން މިހާރު ތަމްރީނު ވެފައިވާ އިރު ތަޖްރިބާ ހޯދުމުގެ ގޮތުން އެދަރިވަރުން މިހާރު އަންނަނީ  ރިސޯޓް ތަކާ ކުންފުނި ތަކުގައި މަސައްކަތް ކުރަމުންނެވެ. މި ކުދިންގެ ގުރެޖުއޭޝަން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށް ކަމަށެވެ. އެގޮތުން މިހާރު ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުން ދިޔަ ނަމަވެސް ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީފް ވިދާޅުވި އެވެ.

މިސެންޓަރުގެ ފުރަތަމަ ބެޗްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އިރު، އިންޓަވިއުކޮށް ހޮވާފައިވަނީ 50 ދަރިވަރުންނެވެ. ނަމަވެސް އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްވެސް ހުންނައިރު މިކެމްޕަހުގައި ދަރިވަރުންނަށް ކެއުން ވެސް ހަމަޖައްސައިދޭނީ ހިލެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top