ރާއްޖޭގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވާން ފަށައިފި

294215_3_6300dfa618f63e958e7dc5163866440ebb9e3609_large.jpg

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފަށައިފި ކަމަށް ހެލްތް ޕްރޮޓްކްޝަން އެެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން މި ހިނގާ ޖޫންމަހުގެ 19 އިން ޖޫން 25ގެ ނިޔަލަށް ޖުމްލަ 1202 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި މީހުންގެ ތެރެއިން 528 މީހުނަކީ މާލެއިން ބަލި ޖެހުނު މީހުންނެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 452 މީހަކަށެވެ. އެހެނިހެން ސަރަހައްދުތަކުން 222 މީހަކަށް ބަލި ޖެހިފައިވެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް އިތުރުވެފައިވާއިރު، މިހާރު 51 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 305 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top