ހުރިހާ ރަށެއްގައިވެސް މާސްކު އަޅައިގެން އުޅެން އަންގައިފި

5e7cded7ba85ee690669c204.jpg

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުމެއުޅޭ އިރު މާސްކް އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް ރޭ އެޗްޕީއޭއިން އާއްމު ކުރި އެންގުމެއްގައި ބުނެފައި ވަނީ އާއްމު ތަންތަނަށް ނިކުންނަނަމަ މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ސިއްހި ޚިދުމަތްތެރިން ފިޔަވައި އެހެން މީހުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށް ވެސް އެއެންގުމުގައި ބުނެފައިވެ އެވެ.

“ފޮތި މާސްކް ފަހާނަމަ ޑަބަލް ލޭޔަރު މާސްކް ފެހުން ރަނގަޅުވާނެއެވެ. އަދި ކޮންމެ މީހަކަށް 1 މާސްކަށް ވުރެ ގިނައިން ގެންގުޅޭށެވެ. ހަޑިވުމުން މާސްކް ބަދަލުކުރަންވާނެއެވެ.” އެންގުމުގައި ވެއެވެ.

ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ލަންބާލުމަށްފަހު އުޅަނބޮށީގެ އެތެރެފަރާތުން އަނގައާއި ނޭފަތް ނިވާކުރުމާއި އަދި ބަލިމީހާ އާއި ބަލިމީހާގެ އެހީތެރިޔާވެސް މާސްކް އަޅައިގެން އުޅެން އުޅުމުގެ އިތުރުން ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ނުކުރުމަށާއި ދޭދޭ މީހުން ދެމެދުގައި އެއް ފޫޓަށްވުރެ ކުރުނޫން ދުރުމިން ބެހެއްޓުމަށް އާދަކުރުމަށްވެސް އެއެންގުމުގައި ބުނެފައިވެ އެވެ.

އަދި އެކަކު އަނެކަކާއި ބައްދަލުވާއިރު އަތާ އަތްޖޯޑުކޮށް ސަލާން ކުރުން ފަދަ ކަންކަން ނުކުރުމަށާއި މިގޮތުން އައްސަލާމް އަލައިކުމް ބުނެ ސަލާން ގޮވާލުން އަދި ވައަލައިކުމުއް ސަލާންބުނެ ޖަވާބު ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

އެކަކު އަނެކަކާއި ސީދާ ބައްދަލުވެ ކުރާ މުޢާމަލާތްތައް މަދުކުރުމަށާއި ކައުންޓަރު ފަދަ ސީދާ އެކަކު އަނެކަކާއި މުޢާމަލާތްކުރާ ތަންތަނުގައި ޕާޓިޝަންއެއް ފަދަ ހުރަހެއް ބެހެއްޓުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top