އީދު 5 ދުވަސް، މޫސުން ރަނގަޅު

DSCN2014-qa0qx5k2f03ux7fnc0ekwrephkc7tj68ao2vt8pod4.jpg

އަންނަ އަޟްހާއީދު ބަންދުގެ 5 ދުވަސް މޫސުން ރަނގަޅު ވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ އީދު ދުވަހާއިއެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އެ ރަށްތަކަށް ވެސް ދުވަހުގެ ބޮޑު ބައިގައި މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އީދު ބަންދުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށްމޭލާއި 18 މޭލުގެ ބާރުމިނުގަ އެވެ. ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް ފޫޓާއި ތިން ފޫޓާއި ދެމެދުގަ އެވެ.

މިއަހަރު ބޮޑު އީދުގެ ޗުއްޓީ މިއަދު ފެށޭނެއެވެ. އީދަށް ފަހު ރަސްމީކޮށް ހުޅުވޭނީ މިމަހުގެ 23 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top