ބޮޑުޗުއްޓީއަށް ފަހު މާދަމާ ދިރާސީ އާ އަހަރު ފަށަނީ

މނމނޖ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

އެއް މަސް ދުވަހުގެ ބޮޑު ޗުއްޓީއަށް ފަހު، މާދަމާ ދިރާސީ އާއަހަރު ފަށަން ތައްޔާރު ވެއްޖެ އެވެ.

މި އަހަރުގެ ދިރާސީ އަހަރު ނިމި ދަރިވަރުން ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 25 ގަ އެވެ.

މާދަމާ ދިރާސީ އާ އަހަރު ފަށާ އިރު، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ސްކޫލްތަކާއި ޓީޗަރުން ހަމަކުރުމާއި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އާއަހަރަށް ކިޔެވުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ޓީޗަރުން ސްކޫލްތަކަށް ނުކުންނަން ވަނީ ފަށައިފަ އެވެ. އަދި މާދަމާ ސްކޫލްތަކުން ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔަން ހުރިހާ ސްކޫލްތަކަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ދިރާސީ އއު އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ ޖުލައި 16 އާ ހަމައަށެވެ. ދެވަނަ ޓާމު ކުރިއަށް ދާނީ އޮގަސްޓު މަހުގެ 2 އިން ޑިސެމްބަރު 17 އަށެވެ.

ދިރާސީ އާ އަހަރު 199 ދުވަހު ކިޔަވައި ދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top