ކައުންސިލް އިދާރާ އަޅައިދޭ 50ރަށުގެ ތެރޭގައި އޭދަފުށި

ކައުންސިލް-800x488-ocls1w8k3g9etkil2hzignj8htb5yjj3ruepo10dak.jpg

ސަރުކާރުގެ ޚަރަދުގައި 50 ކައުންސިލު އިދާރާތައް އަޅައިދޭ ރަށްރަށުގެ ތެރޭގައި އޭދަފުށި ހިމަނައި އެކަން އިއުލާން ކޮށްފި އެވެ. 

އޭދަފުއްޓާއެކު ބ.އަތޮޅުން ޖުމްލަ 6 ރަށުގައި ސަރުކާރުގެ ޚަރަދުގައި ރަށު ކައުންސިލް އިދާރާތައް އަލައިދޭން ނިންމާފައެވެ. އެއީ އޭދަފުށީގެ އިތުރުން ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ތުޅާދޫ، ފެހެންދޫއެވެ.

ސަރުކާރުގެ ޚަރަދުގައި 50 ކައުންސިލު އިދާރާތައް އަޅައިދޭ ރަށްރަށް އިއުލާން ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކައުންސިލް އިދާރާތައް އިމާރާތްކުރާ ރަށްތައް ކަނޑައެޅީ ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

”އެގޮތަށް އަޅުގަނޑުމެން ބަލާއިރުގައި ވެސް 102 ރަށެއް މިގޮތަށް އިމާރާތްކުރަންޖެހޭ ކަމަށްވާތީވެ، އަޅުގަނޑުމެން ކަނޑައެޅީ ވަކި ކްރައިޓީރިއާއެއްގެ ދަށުން މިކަން ކުރުމަށް. މިގޮތަށް ކްރައިޓީރިއާއިން އަޅުގަނޑުމެން ކަނޑައެޅިއިރުގައި އަޅުގަނޑުމެން ބެލީ މީގެ ކުރިން ވެސް އެލްޖީއޭއިން ވެސް މައިގަނޑު ގޮތެއްގައި ބަލަމުން ދިޔަ ކަރައިޓީރިއާއަށް،“މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި މަސައްކަތަކީ ސަރުކާރުގެ ބަޖެޓުގައި ހިމެނިފައިނުވާ މަޝްރޫއެއް ކަމަށާއި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއެއްކަމުން ވަރަށް ކުޑަ ޚަރަދަކުން މަސައްކަަތްތައް ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރިން ފެށިފައި ހުރި 26 ކައުންސިލެއްގެ މަސައްކަތް އަދި މި އަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓުގައި 29 ކައުންސިލެއް، އަދި 50 ކައުންސިލްގެ މަސައްކަތް ފެށިއްޖެ ކަމަށްވާނަމަ ރާއްޖޭގައި 105 ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާނެ،” އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮހެކްތްގެ ދަށުން ސަރުކާރުން އޭދަފުށީގައި ރަށު ކައުންސިލު އިދާރާ އެޅުމަށް ނިންމަވާފައިވާއިރު، ބޮޑު ޚަރަދެއް ކޮށްގެން މިހާރުވެސް އަންނަނީ ރަށު ކައުންސިލް އިދާރާއަށް ބައެއް އިތުރުކޮށް އިމާރާތް މަަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މިމަސައްކަތް ފަށާފައިވަނީ ސަރުކާރުން މިއަހަރުގެ ތެރޭގައި 50 ރަށު ކައުންސިލް އިދާރާ އަޅައިދޭނެ ރަށްރަށް އިއުލާން ކުރާނެ މުއްދަތު ވެސް ކަނޑައަޅާފައި ވަނިކޮށެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top