ސަރުކާރު ކުންފުނިތަކުގައި މިއަހަރު އެކަނި 15000އާ ވަޒީފާ

big_rSersmOsc9vIJ6eMMAvBE6QFM.jpg

ސަރުކާރުން ހިންގާ ކުންފުނިތަކުގައި މިއަހަރު އެކަނިވެސް 15000 ވަޒީާފާ އުފައްދާފައި ވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފި އެވެ.

ޓްރާންސްޕޭރެންސީން އާންމުކުރި “ޕްރި- އިލެކްޝަން އެސެސްމަންޓް 2023” ގައި ބުނީ 2021 ވަނަ އަހަރުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުން 10,000 އަށްވުރެ ގިނަ ވަޒީފާގައި މުވައްޒަފުން ތިބި އިރު، އެ އަދަދު މި އަހަރު އަންދާޒާކުރެވޭ ގޮތުގައި 25,000 ވަޒީފާ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރު އެކަނިވެސް 15،000 ވަޒިފާ އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ކުންފުނިތަކަށް ހުރި ގޮންޖެހުންތައް

  • ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް އޮތުމާއި ބޯޑު މެންބަރުން މެދުވެރިކޮށް ސިޔާސީ ނުފޫޒާއި އިންތިހާބީ މަންފާއަށް މަގުފަހިކުރުން
  • ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ކުންފުނިތަކުގެ ހިންގުންތެރިންނާއި އޮންނަ ސިޔާސީ ގުޅުމުގެ ސަބަބުން، ކުންފަނިތަކުން ވަޒީފާ ދިނުމުގައި ސިޔާސީ އަދި ނާޖާއިޒު ފައިދާއަށް މަގިފަހިވުން.
  • ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ހަރުދަނާ އުސޫލެއް ނެތި އެކި ސަރަހައްދުތަކުގައި ހިންގާ ހަރަކާތްތަކަށް ހަރަދުކުރުމުގަައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ބޮޑުވުން.
  • ޕްރޮޖެކްޓްތައް ހިންގާއިރު ކުންފުނިތަކުގެ އެތެރޭގެ ހިރާސްތައް ހައްލުކުރާނޭ ނިޒާމުތައް ބައެއް ކުންފުނިތަކުގައި ނެތުމުގެ ސަބަބުން ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ބޮޑުވުން.

ކުންފުނިތަކަށް ހުރި ގޮންޖެހުންތަކަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ވޯލްޑް ބޭންކްގެ ރިޕޯޓްތަކުގައި ކުރިންވެސް ފާހަގަ ކޮށްފައިވާ ކަންބޮޑުވުންތަކެކެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވާނެންސް ނިޒާމުތަކުގެ ހާމަކަން ވަރަށް ކުޑަކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މިރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގައި 50 އިންސައްތައަށް ވުރެ ބޮޑަށް ހިއްސާވާ އަދި އިގްތިސޯދީ އެންމެ ބޮޑު އެއް ދާއިރާއަކީ ވެސް ދައުލަތް ހިއްސާވާ ކުންފުނި ތަކެވެ.

މިދިރާސާގައި އިންޓަވިއު ކުރި ގިނަ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އިންތިހާބީ ނާޖާއިޒު ފައިދާ ކުރިންވެސް އަދި މިހާރުވެސް ނަގާ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުންކުރާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކުންފުނިތައް ހިންގުމުގައި “ގަވާނަންސް ރިސްކް” ނުވަތަ ހިންގުމުގެ ދާއިރާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top