ފުޅަދުއަށް މޯލްޑިވިއަން ގެ ސީޕްލޭން ދަތުރުތައް އީދަށް !

b_FnetNPIme43RKLGyMKCTpD15x.jpg

ބ.ފުޅަދުއަށް އީދާ ދިމާކޮށް މޯލްޑިިވިއަން ގެ ސީޕްލޭން ދަތުރުތަކެއް ބާއްވަން ޝެޑިއުލްކޮށްފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް މުޝްއިލް ސޮބާހު، ބައެއް މީޑިއާތަކަށް މި ކަމުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ “ގޮއި ފުޅަ ފެހެންދޫ” އަކީ ރާއްޖޭގެ ބޮޑު ޓޫރިސްޓް އެޓްރެކްޝަނަށްވާ އިރު، ޗުއްޓީތަކަށް އެރަށްތަކަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އަދި މި ފްލައިޓްތަކަކީ ޑިމާންޑަށް ބެލުމަށްފަހު ދިވެހިންނަށް ޚާއްސަ ކޮށްގެން ބާއްވާ ފްލައިޓްތަކެއް ކަމަށެވެ. މޯލްޑިވިއަންގެ އަމާޒަކީ އީދު ޗުއްޓީގައި “ގޮއި ފުޅަ ފެހެންދޫ” ސަރަހައްދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެންމެ ފުރިހަމަ ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މި ދަތުރުތައް އޮންނާނީ ޖޫން 26، 27، 29 އަދި ޖުލައި 1 ވަނަ ދުވަހުއެވެ. އަދި މި ދަތުރުތަކުގައި ކޮންމެ ޕެސެންޖަރަކަށް 15 ކިލޯގެ ލަގޭޖް ގެންދެވޭނެ ކަމަށާއި ދަތުރުތަކުގެ ބުކިންއަށް މިހާރު ވަނީ ހުޅުވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top