ކުރީގެ އެޓޮލްސްމިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲޔާމީންގެ އެއްބަފާބޭބެ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރިވެރިޔާ އަބްދުﷲހަމީދު ދެމިއޮތުމުގެއާލަމަށް ދަތުރުކުރައްވައިފިއެވެ. އިންޑިއާގެ ބެންގްލޯރގެ ހޮސްޕިޓަލެއްގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަބްދުﷲހަމީދު އަވަހާރަވެފައިވަނީ މީގެ ތިންދުވަސްކުރިން ހާޓްއެޓެކެއްޖެހި، އެކަމަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށަކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަބްދުﷲ ހަމީދުއަކީ ދިވެހި އަދަބިއްޔާތަށާ ދައުލަތުގެ ގިނަ ވަޒީފާތަކެއްގާ ވަރަށްގިނަދުވަހު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. ރާއްޖެތެރެއާ ގުޅުންބޮޑު ރާއްޖެތެރެއަށް ގިނަ ޚިދުމަތްތަކެއް އެމަނިކުފާނުގެ އެޓޮލްސްމިނިސްޓަރކަމުގައި ހުންނެވި ދުވަސްވަރު ކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
އެމަނިކުފާނަކީ ކުރީގެރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫންއަބްދުލްގައްޔޫމްގެ ކޮއްކޯފުޅުވެސްމެއެވެ.
މި ފުރުސަތުގައި އަބްދުﷲހަމީދުގެ އާއިލާގެ މެންނބަރުންނަށް ލިބިފައިވާ ފުންހިތާމައިގާ ބައިވެރިވަމުން އާއިލާއަށް ތައުޒިޔާ ދަންނަވަމުއެވެ. އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރުކުރައްވާށިއެވެ.