ބަހިއްޔާޕްރީސްކޫލް އެޑިއުކޭޝަންމިނިސްޓްރީގެ ދަށަށް

އޭދަފުށީ ބަހިއްޔާޕްރީސްކޫލް

އޭދަފުށީ ބަހިއްޔާޕްރީސްކޫލް

އަތޮޅުތެރޭގައިހުރި ޕްރީސްކޫލްތައް އަންނަ އަހަރުންފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެދަށަށް ބަދަލުކުރުމަށް ސަރުކާރުންނިންމުމާ ގުޅިގެން އޭދަފުށި ބަހިއްޔާ ޕްރީސްކޫލް އަންނައަހަރުންފެށިގެން ހިންގާނީ މިނިސްޓްރީއޮފް އެޑިއުކޭޝަނުންނެވެ.

އެޑިއުކޭޝަންމިނިސްޓަރ މިކަން އިއުލާންކުރެއްވީ ސޯޝަލްކައުންސިލުން ނިންމާނިންމުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސްއޮފީހުގައިއޮތް ނޫސްވެރިންގެބައްދަލުވުމުގައެވެ.

މިނިސްޓަރވިދާޅުވިގޮތުގައި އެގޮތަށްބަދަލުވުމާއެކު މިހާރު ދަރިވަރުން ސްކޫލްގައިހޭދަކުރާމުއްދަތަކީ ދިހައަހަރުނަމަވެސް ކުރިއަށްއޮތްތަނުގައި އެލްކޭޖީ ޔޫކޭޖީއާއެކު ބާރައަހަރު ހޭދަކުރަންޖެހޭނެއެވެ.

އަތޮޅުތަކުގެ ޕްރީސްކޫލްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނާމެދު އަމަލުކުރައްވާނެގޮތާމެދު ވިދާޅުވީ އެމުވައްޒަފުން ކޮންޓްރެކްޓް އުސޫލުން ދެއަހަރު ގެންގުޅުމަށްފަހު ތަމްރީނު ދީގެން ސިވިލް ސަރވިސްމުވައްޒަފުންނަށް ބަދަލުވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top