ފިތުރު ޒަކާތަށް މިހާތަނަށް ލިބުނީ ވިހިހާސްރުފިޔާ : އޭދަފުށި ކައުންސިލް

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

މިއަހަރުގެ ފިތުރު ޒަކާތަށް މިހާ ތަނަށް އޭދަފުށިން ލިބިފައިވަނީ  20,556 ކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ. އެއީ 1263 މީހުން ފިތުރު ޒަކާތަށް ދެއްކި ފައިސާގެ ޖުމްލަ އަދަދެވެ.

ކައުންސިލުން ބުނީ މި ރޯދަމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން 13:00 އަށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ކައުންސިލް އިދާރާގައި ހަމަޖެހިފައިވާނެ ކަމަށެވެ.

އޭދަފުށީގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12ރުފިޔާގެ މަގުންނެވެ. ތައިލެންޑް ހުނދު ހަނޑުލުން ނަމަ މީހަކަށް 60ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 85ރ.ގެ މަގުންނެވެ.

ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިޠުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިޠުރު ޒަކާތް ވާޖިބުވަނީ ޢީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ. ފިތުރު ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top