އިންފުލުއެންޒާ ވެކްސިން މިހާރު އޭަދަފުށިން ލިބެން އެބަހުރި

30124265_1011177802369528_1707157647989407744_n.jpg

އޭދަފުށީގައި މިހާރު އިންފުލުއެންޒާ ވެކްސިން ލިބެން ހުންނާނެ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖޭގައި އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ވިދާޅުވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް ޕީއޭ ) އިން ވަނީ އިންފުލުއެންޒާއިން ދިފާއު ވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށީގައި ހުންނަ އެސްޓީއޯ ފާމަސީން މިހާރު ވެކްސިން ލިބެން އެބަހުރި ކަމަށާ ވެކްސިން ޖަހަން ބޭނުންވާ ފަރާތް ތަކުން ބ.އަތޮޅު ހޮސްޕިޓަލް ގެ ކައުންޓަރަށް ވަޑައިގަތުން ހަމަޖެހޭނެ ކަމުގައެވެ.

އިންފްލުއެންޒާ ވެކްސިން ވިއްކަނީ 125 ރުފިޔާއަށެވެ. ވެކްސިން ޖެހުން އޮންނަނީ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓްގައެވެ.

ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން  ކޮންމެ ދުވަހަކު ހެނދުނ 10:30 އިން ފެށިގެން މެންދުރު 1:30 އާ ހަމައަށެވެ. ހޮނިހިރު ދުވަހު 10:00 އިން 12:00 އަށެވެ.

އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފުލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ .

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top