ބ. އަތޮޅުން މަސައްކަތު ތާވަލް ހުށައެޅީ ހަމައެކަނި އޭދަފުށީ ކައުންސިލުން – އެލްޖީއޭ

އޭދަފުށީ ކައުންސިލް އަދި ބ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވަނީ. މަސައްކަތު ތާވަލް ބ. އަތޮޅު ހަމައެކަނި ހުށައެޅީ އޭދަފުށިންކަމަށް އެލްޖީއޭއިން ބުނޭ / ފޮޓޯ: ފައިލް

އޭދަފުށީ ކައުންސިލް އަދި ބ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވަނީ. މަސައްކަތު ތާވަލް ބ. އަތޮޅު ހަމައެކަނި ހުށައެޅީ އޭދަފުށިންކަމަށް އެލްޖީއޭއިން ބުނޭ / ފޮޓޯ: ފައިލް

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު މުއްދަތު ހަމަވުމުގެ ކުރިން ބ. އަތޮޅުން ހުށައަޅާފައިވަނީ ބ. އޭދަފުށީ ކައުންސިލުން އެކަނިކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައްރަށާ، އަތޮޅު ކައުންސިލްތަކުން ވަކިމުއްދަތެއްގެ ތެރޭގައި ފޮނުވަންޖެހޭ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތަވާލު އެ އޮތޯރިޓީ އަށް ފޮނުވާފައި ވަނީ ހަތަރު އަތޮޅު ކައުންސިލުންނާއި 10 ރަށު ކައުންސިލަކުން ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 108 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ގާނޫނުގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އަތޮޅު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އަހަރުގެ މަސައްކަތު ތާވަލު ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެލްޖީއޭ އަށް ހުށަހަޅަންޖެހެ އެވެ.

އަތޮޅު ކައުންސިލުގެ ތެރެއިން ކުރި އަށް އޮތް އަހަރު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތާވަލު ހުށަހަޅާފައި ވަނީ މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލާއި ނިލަންދެ އަތޮޅުބުރީ ކައުންސިލާއި ކޮޅުމަޑުލު ކައުންސިލާއި ހައްދުންމަތީ ކައުންސިލުންނެވެ.

އަދި ރަށު ކައުންސިލްތަކުގެ ތެރެއިން ތާވަލު ހުށަހަޅާފައި ވަނީ އޭދަފުށީގެ އިތުރުން ނ. ޅޮހީ ކައުންސިލް، ރ. މަޑުއްވަރީ ކައުންސިލް، ރ. މީދޫ ކައުންސިލް، ފ. ބިލެއްދޫ ކައުންސިލް، ފ. ދަރަނބޫދޫ ކައުންސިލް، ފ. މަގޫދޫ ކައުންސިލް، ފ. ނިލަންދޫ ކައުންސިލް، ތ. ހިރިލަންދޫ ކައުންސިލް، ގދ. ވާދޫ ކައުންސިލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top