މާޅޮހުގައި ދަމާފައިހުރި ބެނަރއެއް ފުލުހުން ގޮސް ނަގައިފި

DSCN5514-815x459.jpg

ބ.މާޅޮސް

ވާދަވެރި ފަރާތްތަކުން ބ.މާޅޮހު މަގެއްގައި ދަމާފައި ހުރި ބެނަރ އެއް ފުލުހުން ގޮސް މިއަދު ނަގައިފިެވެ.

އީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގޮސް އެބެނަރ ނަގާފައިވަނީ މުޖްތަމައު ގަބޫލު ނުކުރާ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ އިބާރާތެއް އެ ބެނަރގައި ލިޔެފައި ވާތީ ބެނަރ ނެގުމަށް އެންގުމުންވެސް ނަގާފައި ނުވާތީއެވެ. އެ ބެނަރގައި ލިޔެފައިވަނީ “ވަގަކަށް ހާސް ދުވަސް ، ރައްޔިތުންނަށް އެއް ދުވަސް” މިހެންނެވެ.

ބ.މާޅޮހަކީ އިދިކޮޅު ފަރާތްތަކުގެ ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވެމުން އަންނަ ރަށެކެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ބައެް މީޑިއާ ތަކަށް ވިދާޅުވީ އެމްޑީޕީން ދަމާފައިވާ ބެނާގައި “ވަގު” ޖަހާފައި އޮތުމުން ވަކި މީހަކަށް ނިސްބަތްކޮށް ދަމާފައިވާ ބެނާއެއް ކަމަށް ބުނެ ބެނާ ނަގަން ކައުންސިލަށް އެންގި ކަމަށެވެ.

“އަޅުގަނޑުމެން ވާނެ އަންގާފައި ފުލުހުންގެ އެންގުމާ އެއްގޮތަށް ބެނާ ނަގަން އެމްޑީޕީއަށް،” ސުޖާއު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނީ އަޚްލާގީ ގޮތުން ދަށް އިބާރާތް ބޭނުން ނުކޮށްވެސް ކެމްޕޭން ކުރެވިދާނެ ކަމަށާ ހުތުރު އިބާރާތް ތަކުން އެންމެނަށް ފެންނަ ގޮތަށް މި ފަދަ ބެނަރ ތައް ރަށުގައި ދަމާފައި ބެހެއްޓުމަކީ ކޮންމެ ބަޔަކު ކުރި ނަމަވެސް ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމުގައެވެ. އަދި އެއީ ބޮޑެތި ވަމުން އަނން ޒުވާނުންނަށް ދެއްކޭ ނުބައި ނަމޫނާ އެއް ކަމުގައެވެ.

މާޅޮހު ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top