ރައްކާތެރިކަން ކަށަވަރު ނުވާތީ ކުޑަކުދިންނަށް ދޭ ބޭސްތަކެއް ބޭނުން ނުކުރަން އަންގައިފި

big_Z1fo1fRFQnWBBzzXFCSrhz5VM.jpg

ރައްކާތެރި ނޫންކަމަށް އެމްއެފްޑީއޭ އިން ބުނާ ބޭސް ތައް

އިންޑިއާއިން އުފައްދާފައިވާ ކުޑަކުދިންނަށް ޚާއްސަ ކޯފް ސިރަޕް ތަކެއްގެ ރައްކާތެރިކަން ކަށަވަރުނުވާތީ  ހަތަރު ވައްތަރެއްގެ ކޯފް ސިރަޕް އަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެފްޑީއޭ އިން މި ގޮތަށް އަންގާފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިންވެސް ވަނީ އިންޑިއާގެ އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި ހުންނަ މައިޑެން ފާމަސިޓިކަލް ލިމިޓެޑް އިން އުފައްދާ ހަތަރު ވައްތަރެއްގެ ބޭހަށް ސަމާލުވާން އަންގައިފަ އެވެ.

މައިޑެން ފާމަސިޓިކަލް ލިމިޓެޑް އިން އުފައްދާ މި ބޭސްތަކުގެ ސަބަބުން 66 ކުދިން މަރުވެފައިވާއިރު، ކިޑްނީ ފެއިލްވުމުގެ ފުރުސަތު މި ބޭހުން އިތުރުކޮށްދޭކަމަށް އެ ޖަމިއްޔާގެ އެންގުމުގައި ވެއެވެ.

އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މައިޑެން ކުންފުނިން އުފައްދާ ކުޑަކުދިންގެ ކޯފް ސިރަޕްގައި “ޑައިތިލީން ގްލައިކޯލް” އަދި “އެތިލީން ގްލައިކޯލް” ކިޔާ މާއްދާތަކެެއް ހިމެނޭތީ ބޭސްތައް ތަޣައްޔަރު ވެފައިވާ ކަމަށް ގެންބިޔާއިން ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިވާތީ މަނާކުރި ބޭސްތައް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އިއުލާންގައިވެ އެވެ.

މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތުމުން ސަމާލުވުމަށް އެންގީ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top