ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް މެސެޖުތަކެއް، ސަމާލުވޭ!

img_sm_202106191046481624081608.5488.jpeg

އެކައުންޓްގެ މައުލޫމާތު ހޯދަން ބީއެމްއެލް ނަމުގައި ކުރަމުންދާ މެސެޖަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށެވެ. އަދި ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް މިފަދަ ލިންކުތަކެއް ނުފޮނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖްގައި ލިޔެފައި އޮންނަނީ ބޭންކަށް ދީފައިވާ މައުލޫމާތު އަޕްޑޭޓް ކުރުމަށް ލިންކަކަށް ވަނުމަށް އެދޭ ކަމަށެވެ.

މީގެކުރިން އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކެއް ފޮނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 89 މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުންނަށް ހުށަހެޅުނެވެ. މިދިޔަ މަހު ފަސްވަނަ އަށް އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅުނީ މަކަރާއި ހީލަތުގެ މައްސަލަތަކެވެ.

ފުލުހުން ބުނީ އެ އިދާރާއަށް ގުޅައިގެންނާއި އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ވެސް އެކަހަލަ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top