ބޮސްކާލިސް ބިންހިއްކާ ބޯޓް ރާއްޖެ އަތުވެއްޖެ

ބޮސްކާލިސް އިން ބިންހިއްކުމަށް ބޭނުންކުރާ ވައްތަރުގެ ބޯޓެއް / ފައިލް ފޮޓޯ

ބޮސްކާލިސް އިން ބިންހިއްކުމަށް ބޭނުންކުރާ ވައްތަރުގެ ބޯޓެއް / ފައިލް ފޮޓޯ…

.އޭދަފުއްޓާއެކު ރާއްޖޭގެ 3 ރަށެއްގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ ކޮންނަބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ

މިކަން ކަސްޓަމްސްގެ އިސްއޮފިޝަލަކުވެސް ވަނީ އީވީއަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ މިއަދު މެންދުރުކުރި އެބޯޓް ރާއްޖެ އަތުވެއްޖެކަމަށާ، ކަސްޓަމްސް ކްލިއަރެންސަށްފަހު މާދަމާގެ ވަގުތެއްގައި ދ. މީދުއަށް ބޯޓް ފުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހައުސިންގް މިނިސްޓްރީއާ ހަވާލާދ އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިހަފްތާ ބަންދުތެރޭގައި މީދޫގެ މަސައްކަތް ފެށޭނެކަމަށާ، އަންނަ ހަފްތާތެރޭގައި މީދޫ ނިންމާ ބޯޓް އަންނާނީ އޭދަފުއްޓަށް ކަމަށެވެ.

އޭދަފުށީގެ އިތުރުން ދ. މީދޫ، ދ. ކުޑަހުވަދޫ އަދި ކ. ތުލުސްދޫގެ ބިންހިއްކުމަށް ސަރުކާރުންވަނީ ބޮސްކާލިސް އާ ހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top