17 އަހަރަށްފަހު ޗެންޕިއަންސް ލީގުގެ ކުއާޓާއަށް އެތްލެޓިކޯ މެޑްރިޑް

article-2578606-1C338D1F00000578-529_634x332.jpg

17 އަހަރަށްފަހު އެތުލެޓިކޯ މެޑްރިޑް ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެތްލެޓިކޯ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިމުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައިވާ އޭސީ މިލާން އާ ދެކޮޅަށް ދެވަނަ ލެގްގައި ކުޅެ 4 ލަނޑު 1 ލަނޑުން މޮޅުވެ 5-1 އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ކުރިއަރަމުން  އަންނަ ވަރުގަދަ ކުޅުންތެރިޔާ ޑިއޭގޯ ކޯސްޓާ ވަނީ މޮޅު ކުޅުމެއް ދައްކާ އެޓީމަށް 2 ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. ދެން އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ތުރަން އަދި ރައުލް ގާސިއާއެވެ. އޭސީ މިލާންގެ ހަމައެކަނި ޖެހި ގޯލް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ކަކާއެވެ. އިޓާލިއަން ސެރީއާގައި ކުޅުނު 27 މެޗުން 35 ޕޮއިންޓް ލިބި ޓެބަލްގެ 10 ވަނާގައި އޮތް އޭސީ މިލާން ފަހަކަށް އައިސް މި ދައްކާ ނަތީޖާގެ ސަބަބުން އަންނަ ސީޒަންގައި ޗެމްޕިއަންސް  ލީގަށް ކޮލިފައިވުމަކީ ވަރަށް ނާދިރުކަމެކެވެ.

ރޭ ކުޅުނު ދެވަނަ ލެގްގެ އެހެން މެޗަކަށް ބަލާލާއިރު ޗެމްޕިއަންސް ލީގު ދިފާއުކުރަމުން އަންނަ ބަޔާން މިޔުނިކްވެސް ވަނީ ކުއަރޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ބަޔާން މިޔުނިކް ކުއަރޓަރ ފައިނަލަށް ދަތުރުކުރީ މީގެ ކުރިން ދުވަހަކުވެސް ޗެމްޕިއަންސް ލީގުގެ ތަށި ލިބިފައިނުވާ އާސެނަލް އާ ދެކޮޅަށް ކުޅެ 1 ލަނޑު 1 ލަނޑުން އެއްވަރުވެ 3-1 އެގްރިގޭޓް ނަތީޖާއަކުންނެވެ. މިމެޗްގައި ފަހަކަށް އައިސް މީޑިޔާގެ ފާޑުކިޔުންތަށް އެންމެ ބޮޑަށް އިތުރުވެފައިވާ އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އޮޒިލްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. މިމެޗްގެ އާސެނަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލޫކަސް ޕަޑޮލްސްކީއެވެ. ބެޔާން އަށް ގޯލް ކާމިޔާބުކޮށްދިނީ ބަސްޓިއަން ޝްވެނެންސްޓައިގަރ އެވެ.

މިމުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގްގެ ވަރުގަދަ މެޗްތަށް މިރޭވެސް ކުޅެވިގެންދާނެއެވެ. ސްޕެއިންގެ ބާސެލޯނާ އާ ދެކޮޅަށް ކުޅޭނީ އިންގްލެންގެ މެންޗެސްޓަރ ސިޓީއެވެ. މި މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީ އާއި އަގުއޭރޯގެ ކުރިމަތިލުމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ދެން މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖަރމައިން އާއި ޖަރުމަނުގެ ބަޔާން ލެވަރކޫސަންއެވެ. މި މެޗްތަށް ކުޅެވިގެންދާނީ ރާއްޖޭ ގަޑިން މެންދަމު 00:45  ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top