އިންޓަރ އޮފީސް ބެޑްމިންޓަން ލީގު 2018 : ބީއެމްއެލް އާއި ބ.އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް

ޖޖޖޖ.jpg

ބ.އަަތޮޅު ކައުންސިލުގެ ފަރާތުން އިންތިޒާމް ކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށް ދާ އިންޓަރ އޮފީސް ބެޑްމިންޓަން ލީގުގެ ފައިނަަލަށް މިދިޔަ އަހަރުގެ ޗެމްޕިއަން ބ.އަތޮޅު ތައުލީމީ މަރުކަޒާއި ބޭންކް އޮފް މޯލްޑިވްސް ކޮމްބައިން ޓީމް ހިނގައްޖެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް ދިޔައީ ރޭ ކުޅުނު މެޗުން ބ. އަތޮޅު ހޮސްޕިޓަލު ބަލިކޮށްގެންނެވެ. ޓައި ގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ބީއެމްއެލް/އުރީދޫ/ބަޔޮސްފިއާ ކޮމްބައިން ޓީމު ފައިނަލުން ޖާގަ ހޯދީ ޓައިގައި ކުޅުނު ހަތް ސެޓްގެ ތެރެއިން ހަތަރު ސެޓް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top