ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކޮށްފި

big_ZMKtJNLGOr6SKJTWAD8o1O4SA.jpg

ފޮޓޯ: ފެލިދޫ ކައުންސިލް އިދާރާ

ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ އެ މީހަކަށާއި އާއިލާ މެމްބަރުންނަށް ކައުންސިލުން ދޭން ޖެހޭ އެއްވެސް ޚިދުމަތެއް ނުދޭން ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން މިއަދު ބާތިލު ކޮށްފިއެވެ.

ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިން، ފިރިން އަދި ދަނިންނަށް އެ ރަށު ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް އެ ރަށު ކައުންސިލުން ނިންމީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާގަ އެވެ.

އެހެންވެ އެ ޖަލްސާގައި ކައުންސިލުން ނިންމީ ފެލިދޫ ރައްޔިތުންގެ އާމުދަނީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެ މީހަކަށާއި އޭނާގެ އާއިލާއަށްދޭ ޚިދުމަތްތައް ކަނޑާލުމަށެވެ.

ފެލިދޫ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން އެލްޖީއޭއިން ވެސް ވަނީ އާންމުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން ނިންމުންތައް ނިންމުމަށް ގޮވައިލައިފައެވެ. އަދި މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެޗްއާރްސިއެމުން ވަނީ އެ ނިންމުން ބާތިލު ކުރުމަށް ވެސް އެރަށު ކައުންސިލަށް އަންގައިފައެވެ.

އެކަމާ ގުޅިގެން މިއަދު އެރަށު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަނބި/ ފިރި އަދި ދަރިންނަށް ޚިދުމަތް ނުދޭން ނިންމި ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.

އަދި ފައިސާ ނުދައްކާ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މީހުންގެ ނަންތައް އިއުލާނުކުރަމުން ގެންދިއުމަށް މިހާރު ނިންމައިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top