ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލް އެއް ވިއްކުން މަނާކޮށްފި

379941_3_56a5d37a5e7b7e5af1a4a6e2a56f0c05730fa673_large.jpg

ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ޕެރަސެޓްމޯލް: .-- ފޮޓޯ: އިންޑިއާމާޓް

ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލްގެ ދިޔާ ބޭހެއްގައި ކޮލެޓީ މައްސަލަތަކެއް ފާހަގަކުރެވިގެން އެ ބޭސް ބޭނުން ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މާކެޓްގައި މިވަގުތު ހުރި ޕެރެސެޓްމޯލްގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުލަ ބަދަލުވެ ގަނޑުވެފައި ހުންނަކަން އެމްއެފްޑީއޭ އިން ފާހަގަކުރެ އެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާތީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މިހާރު މަނާ ކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އާންމުކޮށް ކުޑަކުދިންނަށް މި ބޭސް ދެނީ ހުން އައުމުގެ ސަބަބުން ވާ ތަދުކެނޑުވުމަށެވެ. މި ބޭސް ދީ އުޅެނީ ތިން މަހުން ފެށިގެން ހަ އަހަރުގެ ކުދިންނަށެވެ.

ރާއްޖޭގައި ވިއްކުން މަނާކޮށްފައިވާ ޕެރެސެޓްމޯލް އަކީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

މިދިޔަ މަހުގައިވެސް ވަނީ ނުރައްކާތެރި ކެމިކަލް މާއްދާއެއް ކަމަށްވާ “ޑައިއީތައިލިން ގްލައިކޯލް” އަދި “އިތައިލީން ގްލައިކޯލް” ހިމެނޭ ދިޔާ ބޭހުގެ ބެޗެއް ރާއްޖެއިން ފެނި ބޭސް އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފައެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top