ލިންޒީ ، އަމިއްލަފުށީގައި

People-Lindsay-Lohan.jpg

ހޮލީވުޑްގެ މަޝްހޫރު ފިލްމްސްޓާރ ލިންޒީ ލޯހަން ބ.އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓުގައި ޗުއްޓީ ހޭދަުރަމުން އެބަދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ލިންޒީއާއެކު އޭނާގެ ކޮއްކޮ އަލީ ލޯހަން ވެސް އޭނާ އާއެކު އަމިއްލަފުއްޓަށް ވަނީ އައިސްފައެވެ.

އެރިސޯޓްގައި ނަގާފައިވާ ބައެެއް ފޮޓޯތަކާއި ވީޑިއޯތައް އޭނާ މިހާރުވެސް ގެންދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އިންސްޓަގްރާމްގައި ލިންޒީ ފޮލޯ ކުރާ 73 މިލިއަން މީހުން އުޅޭ އިރު އޭނާ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯ ތަކުގައި ބުނެފައި ވަނީ ރާއްޖެއަކީ ވަރަށް ރީތި ހިތްގައިގު ގައުމެއް ކަމަށެވެ.

ލިންޒީގެ އާ ރިޔަލިޓީ ޝޯ ‘ލިންޒީ ލޯހަންސް ބީޗް ކްލަބް ‘ އަންގާރަ ދުވަހު އެމްޓީވީން ވަނީ ދައްކަން ފަށަާފަ އެވެ.

އޭނާ އިސްލާމްވެފައިވާ ކަމަށް ކުރިން އަޑުފެރުރިފައިވާ އިރު ކީރިތި ޤުރުއާން ހިފައިގެން އުޅެނިކޮށް ވެސް މީޑިއާއަށް ފެނިފައިވާ ކަމަށް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top