އާންމުކޮށް އިއުލާނު ނުކޮށް ފަޅުރަށްތައް ކުއްޔައް ދޫކުރުން މެދުކަނޑާލުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ވަރުވާއަށް ފަޅުރަށްތައް ހޯދުމަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، ވަރުވާ އަށް ފަޅުރަށްރަށް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތިން ހުއްޓާލާފައި ވާ ކަމަށެވެ.
މިކަން ހުއްޓާލީ ކީއްވެގެންކަން އެއިއުލާނުގައި ބުނެފައެއް ނުވެ އެވެ.