އޭދަފުށީމީހަކު މާވަހަރެއްކަމަށް ބެލެވޭއެއްޗެއް ހޮވައިފި

image-62c5f3b24fba144349872905d733797fb2e05374df62d240594d1a215c5713bb-V.jpg

ހަމީދު ހޮވާފައިވާ މާވަހަރެއްކަމަށް ބެލެވޭ އެތި- ފޮޓޯ : އީވީ

މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް އޭދަފުށީ މީހަކު ހޮވައިފިއެވެ.

ބަރުދަނުގައި 92 ގްރާމްހުރި މި އެތި އޭދަފުށީ ހީނާމާގޭ އަބްދުލްހަމީދު އަބްދުލްކަރީމް ހޮވާފައިވަނީ އޭދަފުށީ ދިރާގާއި ދިމާލުން މޫދުންނެވެ.

” އާދައިގެ މަތިން އެދުވަހުވެސް ހަވީރުދިޔައީ ޖޮގިން އަށް. ރަށް ވަށާ ބުރުޖަހަން ނުކުމެ އުޅެނިކޮށް ދިރާގާ ދިލާ މޫދުން ދެފެން ދޭތެރެއިން މީތި ފެނިގެން ނަގާހިތްވީ. ނެގުމާއެކު ހިތަށް އެރީ މީތި ވެދާނެއޭ މާވަހަރަކަށްވެސް. އެހެންވެ ނެގީ . ” މިއެތީގެ މައުލޫމާތު ދެމުން ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި އެއްޗަކީ މާވަހެއްކަމުގެ ޔަގީންކަން އޭދަފުށީގައި މީގެ ކުރިން ބޮޑު މާހަރެއް ހޮވި މީހަކު ޔަގީން ކޮށްދީފައިވާ ކަމުގައެވެ. އަދި މާވަހަރު ދަންނަ އޭދަފުށީގައި ތިބި މީހުންނަށް ދެއްކުމުން ކޮންމެ މީހަކުވެސް މިއީ އަސްލު މާވަހަރެއްކަމަށް ބުނެފައި ވެއެވެ.

ހަމީދުގެ ބޭނުމަކީ މި އެއްޗަކީ މާވަހަރެއްކަމުގައި ވާނަމަ އަވަހަށް ވިއްކާލުމެވެ. އެކަމަށް ޝައުގުވެރިވާފަރާތްތަކުން ނުވަތަ އިތުރު މައުލޫމާތެއް ބޭނުންފުޅުވާ ފަރާތެއް ވާނަމަ އޭނާގެ ފޯނު ނަންބަރު 7774182 އާގުޅުމަށް އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top