ދަރަވަންދުއާއި ގޮއިދުއަށް މެޖިސްޓްރޭޓުން ހޯދަނީ

big_rAsYWWImT0sMJ0mYPP8WhNUKG_1472108046-1024x683-755x435-1.jpg

ބ. ގޮއިދުއާއި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފި އެވެ.

މި ދެރަށް ހިމެނޭ ގޮތަށް ޖުމްލަ 15 ރަށަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުން 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މަގާމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

ދަރަވަންދުއާއި ގޮއިދޫގެ އިތުރުން އިސް މެޖިސްޓްރޭޓުން ހޯދަން، އިއުލާނު ކޮށްފައިވާ ރަށްރަށަކީ، ހދ.ނޮޅިވަރަން، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް. ނ.ވެލިދޫ، ޅ.ހިންނަވަރު، ކ.ކާށިދޫ، އއ.މާޅޮސް، ވ.ފުލިދޫ، މ.މުލައް، ފ.ފީއަލީ،ގއ.ގެމަނަފުށީ، ގއ.ދާންދޫ، ގދ.ރަތަފަންދޫ، ގދ.ފަރެސްމާތޮޑާ އެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ޝަރުތު ކޮށްފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

އިސްމެޖިސްޓްރޭޓުންގެ މުސާރައަކީ 21،000ރ. އެވެ. އޭގެ އިތުރުން، އެލަވެންސް ލިބޭނެ ކަަމަށް ބުނެފައި ވެއެވެ. އަދި މި މަގާމަށް ކުރިމަތިލާ މީހާއަކީ 25 އަހަރު ފުރިފައިވާ މީހަކަށް ވާން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top