އުރީދޫގެ އިތުރު އެންޓަނާއެއް އޭދަފުށިގައި ޖަހަނީ

29388549_10155736411743402_841243454582292480_o.jpg

އުރީދޫއިން އޭދަފުށިގައި އިތުރު އެންޓަނާއެއް ޖެހުމުގެ މަސައްކަތް ކުރަނީ. 35 މީޓަރު ދިގު މިއެންޓަނާ އަންނަ ހަފްތާ މުޅިން ނިމޭނެކަމަށް އުރީދޫން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

އުރީދޫ މޯލްޑިވްސްގެ އިތުރު އެންޓަނާއެއް އޭދަފުށީގައި ޖެހުމުގެ މަސައްކަތް ފަށައިިފިއެވެ.

އުރީދޫން މޯލްޑިވްސްއިން ބުނީ މިދިޔަ ހަފްތާގައި ފެށި މިމަސައްކަތުގެ ދަށުން އޭދަފުށީގައި އެންޓަނާ ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ އިރު ދެކުނު ހިއްކި ބިމުގެ ސަރަހައްދުގައި ކަމަށެވެ. އެކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ 35 މީޓަރު ދިގު މިއެންޓަނާ ޖެހުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏަކުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އިތުރު އެންޓަނާއެއް އޭދަފުށީގައި ޖަހަން ނިންމީ އުރީދޫގެ ނެޓްވޯކް ފުޅާކޮށް ކަވަރޭޖް ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އެންޓަނާ ޖެހުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެކަމަށެވެ.

“އަންނަ ހަފްތާތެރޭގައި އެންޓަނާގެ މަސައްކަތް މުޅިން ނިމުމަކަށް އަންނާނެ. އެންޓަނާގެ އިތުރުން އެސަރަހައްދުގެ ފެންސް ޖެހުމާ، އިންފާރު ރޭނުމުގެ މަސައްކަތްވެސް ކުރިޔަށްގެންދާނެ. މިއީ ނެޓްވޯޓް ވަރުގަދަކޮށް ކަވަރޭޓް ބޮޑުކުރުމަށް ހިންގާ މަޝްރޫއެއް” އޮފިޝަލް ވިދާޅުވިއެވެ.

2005 ވަނައަހަރު ރާއްޖޭގައި ހިދްމަތްދޭން ފެށި އުރީދޫ މޯލްޑިވްސްއިން އޭދަފުށީގައި ފުރަތަމަ އެންޓަނާއެއްޖެހީ 2005 ވަނައަހަރުގެ ތެރޭގައެވެ. އޭދަފުށީ ހުޅަނގު ކޮޅުގައި ޖަހާފައިވާ އެއެންޓަނާގެ ދިގުމިނުގައި 55 މީޓަރު ހުރެއެވެ.

ނެޓްވޯކް ކަވަރޭޖް ރަނގަޅުކުރުމަށްޓަކައި މިދިޔަ އަހަރު ދިރާގުންވެސް އޭދަފުށީ އިރުމަތީ ސަރަހައްދުގައި ކުރު އެންޓަނާއެއްޖަހާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top