ހައްޖުވެރިން މާލެ އަންނަން ފަށައިފި

photo_2017-08-30_16-18-57.jpg

ދިވެހި ހައްޖުވެރިން މިނާގައި -- ފޮޓޯ :ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު މިއަދު ރާއްޖެ އަންނަން ފަށައިފިއެވެ.

ދިވެހި ހައްޖާޖީންގެ ތެރެއިން މިއަދު ރާއްޖެ އައިސްފައި ވަނީ ތަޒްކިޔާ ގްރޫޕުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 44 މީހެކެވެ. އެ ގްރޫޕުން ދިޔަ އިތުރު 75 މީހުން މާދަމާވެސް ރާއްޖެ އަންނާނެ އެވެ.

ރާއްޖޭން ހައްޖަށް ދިޔަ 2،000 މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 31 ގަ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން 263 މީހުންނެވެ.

ހައްޖުވެރިން މާލެ އަންނަން ފަށާފައިވާއިރު މިދުވަސްވަރާ ގުޅިގެން އަރިދަފުހާއި ކެއްސުމުގެ ރޯގާ ފެތުރެމުންދާކަން ފާހަގަ ކޮށް އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ބުނިީ ހައްޖުން އައުމަށް ފަހު ހުން އައިސް، ރޯގާ ޖެހި، ކެއްސައި އަދި ނޭވާލާން އުނދަގޫކަން ފާހަގަކުރެވިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށާ ހައްޖުން އަންނަތާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެ އަލާމާތްތަކަށް ސަމާލުވުން މުހިންމު ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާ އިރު، އެ މީހަކީ ހައްޖު ނުވަތަ އުމްރާ އިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުން މުހިއްމު ކަމަށް ވެސްބުނެއެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގްރޫޕްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ޖާގަ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ބާކީ ޖާގަތައް ގްރޫޕްތަކުގެ މެދުގައި ވަނީ ބަހާލައިފަ އެވެ. އެއީ އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top