ބަންދު ދުވަސްތަކުގައި ޓީޗަރުން މަސަައްކަތަށް ނުނެރެން އަންގައިފި

52319879_2787013714658494_4023486768316678144_n-1.jpg

ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒު

ހަފްތާ ބަންދާއި ރަސްމީ ބަންދު ދުވަަސްދުވަހު ޓީޗަރުން މަސައްކަތު ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެކަން އެގޮތަށް ނިންމެވިކަން މިއަދު ވަނީ އެމިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ  ސަރުކާރުން ކަނޑައަޅާފައިވާ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރުމަށްޓަކައި އެ އިދާރާއަކަށް ނުވަތަ ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާ ވާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެހެންކަމުން، ބަންދު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނެރެ ވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top