ޖީއެސްޓީ ބޮޑު ކުރީމަ އޭގެ އަސަރު ކުރާނީ ރައްޔިތުންނަށް. އެހިސާބަކަށް އަދި ނުދޭ : ސަލީމް

×ޗދފދ-850x548-1.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް--

ޖީއެސްޓީ ބޮޑު ކުރީމަ، އޭގެ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށާއި ޖީއެސްޓީީ ބޮޑުކުރަން ޖެހޭ ހިސާބަށް ގައުމުގެ ހާލަތު އަދި ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓި ލީޑަރު އަހުމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އެމްޕީ ސަލީމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ބަޖެޓް ރިޕޯޓަށް މިއަދު ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ، އެތައް ބިލިއަން ރުފިޔާގެ ބަޖެޓެއް ހިންގުމުގެ ހަކަތައެއް ނެތް ކަމަށާއި. ތަރައްގީ ގެންނަން ބޭނުންވިޔަސް، އެކަން ކުރަން ވާނީ އެބަޔަކަށް ވެވުނު ވަރަކުން ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަން ޖެހޭނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިއުޅެނީ “އެ ސަރުކާރު، މި ސަރުކާރު” ކިޔަން ނޫން ކަމަށާއި ހަރަދު ބޮޑުވީމާ އޭގެ ނޭދެވޭ އަސަރު ކުރާނީ އެންމެންނަށް ކަމަށެވެ. އަދި މިއީ ޖީއެސްޓީ ބޮޑުކުރަން އެންމެރަނގަޅު ވަގުތު ނޫންކަން ވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީގެކުރީގައި ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކޮންމެމަހެއްގެ 20 ވަނަ ދުވަހާއި ހަމައަށް ދަރަނި ފޮތުގައި ނުޖަހާ ވިޔާފާރި ކުރަމުން އައި ކަމަށެވެ. ނަމަވެސް އެފަދަ މީހުންނަށް މިހާރު ވިޔަފާރި ކުރެވެނީ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

”ކުރިން ފިހާރަތަކުން ކޮންމެ މަހެއްގެ ވިއްސާ ހަމައަށް ވިޔަފާރިކުރޭ. ދަރަނި ނުޖައްސާ. އެކަމަކު ދަންނަވަންތޯ އިއްޒަތްތެރި ރައީސް، މިހާރު 10 ވަނަ ދުވަހަށް ދާއިރު، އޮންނަނީ ދަރަނިވެފަ. ދެން ނަގާނީ ދަރަނީގެ ގޮތުގަ. އެއްފިހާރައިން އަނެއް ފިހާރައިން ނަގާނީ. އެހެންވީމަ މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ތޯ އިއްޒަތްތެރި ރައީސް؟“ ސަލީމް ސުވާލު އުފެއްދެވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top