ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު، ތަސްދީގުކުރައްވައިފި

b_RZtgkY6Y7C1kZZa9xLC6PuLXI.jpg

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު--- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ގެޒެޓުކޮށްފައިވާއިރު، ޓޫރިޒަމްގެ ހިދުމަތްދޭ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީވެސް 6 ޕަސަންޓުން 8 ޕަސަންޓަށް އަންނަ ޖެނުއަރީ ފެށިގެން ބޮޑުވާނެ އެވެ.

ޓެކްސް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލަށް ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށް ފަހު، ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު 16ވަނަ ދުވަހު އެވެ. ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން ވޯޓު ދެއްވި އެވެ.

މި ބަދަލާއި ގުޅިގެން މީރާއިން ބުނީ ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި  ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6 ގެ ރޭޓުން ކަމަށެވެ. އަދި 1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %16 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ %8 ގެ ރޭޓުންނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top