މަސްތުވާތަކެތީގެ ދެމައްސަލައެއްގައި ހިތާދޫމީހަކާއި ކަމަދޫމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް.

12607224_10206882544236500_1124508531_n.jpg

ހިތާދޫން އަތުލައިގަތް މީހާގެ ދަބަހުގައި ހުރި މަސްތުވާ ތަކެތި. ފޮޓޯ: ޕޮލިސްލައިފް

މަސްތުވާތަކެތީގެ ތަފާތު ދެމައްސަލައެއްގައި ހިތާދޫމީހަކާއި ކަމަދޫމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ދެމައްސަލަިގާ ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެކެވެ.

މީގެތެރެއިން 23 އަހަރުގެ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހިތާދޫއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބ. އަތޮޅު ޕޮލިސްސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހިތާދޫންނެވެ. އެމީހާ ހައްޔަރުކުރުމަށް ފަހު ހަށިގަނޑު ބަލައި ފާސްކުރި އިރު އެމީހާ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާ ތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 168 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބ. އަތޮޅު ކަމަދޫން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެކެވެ.މިމީހާ ހައްޔަރުކުރުމަށްފަހު ބަލައި ފާސްކުރިއިރު ފަޓުލޫނު ޖީބުތެރޭގައި އޮތް ސިގިރެޓް ފޮށްޓަކުން މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.

މިދެމައްސަލަވެސް މިހާރު އަންނަނީ އޭދަފުށި ޕޮލިސްސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top